logo minivan

English

ބުދަ, 04 ޑިސެމްބަރ 2024

ހިޔާ ފްލެޓުގެ ކުލި 5،300ރ އަށް ބަދަލު ކުރަން ނިންމައިފި

ހިޔާ ފްލެޓުތަކުގެ ކުލި 5،300ރ. އަށް ކުޑަކުރަން ނިންމައިފި އެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ، ކުލި ކުޑަކުރަން ނިންމި ނަމަވެސް ފުލެޓްގެ އަގު ކުޑަ ނުވާނެ ކަމަށެވެ. މިގޮތުން މިހާރު 25 އަހަރުދުވަހުން ދެއްކުމަށް ހަމަޖެހިފައިވާ ކުލި 7 އަހަރު ދުވަސް އިތުރު ކުރާ ގޮތަށް ނިންމާފައިވާ ކަމަށެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވިދާޅުވީ، ހިޔާ ފުލެޓްގެ އަގަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

އެގޮތުން އަޅުގަނޑުމެންނަށް މަޝްވަރާކޮށްފަ ހޯދުނު ފޯމިއުލާއެއް އެއީ. އެހެންވީމާ އަޅުގަނޑު ދަންނަވާނީ ހަމަ ރަނގަޅު ހެޔޮ ބަދަލެއް އަންނާނެ. އޭގެ ސަބަބުން ކުލި ދައްކާ ފަރާތްތަކަށް ވަރަށް ބޮޑު ލުއިތަކެއް ލިބިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ހިޔާ ފުލެޓްގެ މިހާރުގެ ކުއްޔަކީ 7500އެވެ. ނަމަވެސް މެއިންޓަނަސް ފީގެ ގޮތުގައި ނަގާ 1000 ރުފިޔާއާއެކު މަހަކު 8500 ރުފިޔާ ދައްކަން ޖެހެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *