ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަވެ، ބޮޑުބަޔަކަށް ހުދު އެލާޓް ނެެރެ ، ކ. އަތޮޅުން ތ. އަތޮޅަށް ރީނދޫ އެލާޓް ނެރެފިއެވެ.
ރީނދޫ އެލާޓް ނެރެފައިވަނީ، ކ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް، މިއަދުގެ 9:00 އިން 12:00 އަށެވެ.
Alert yellow for heavy rain with moderate thunderstorms. pic.twitter.com/ypT5dN8wFN
— Maldives Meteorology (@MetMaldives) April 29, 2023
މެޓް އޮފީހުން މިއަދު ހެނދުނު 7:15 ހާއިރު ހުދު އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ގއ. އަތޮޅާއި ހަމައަށެވެ. އެ އެލާޓުގައި ބުނެފައި ވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެ އެލާތް ނެެރފައިވަނީ މިއަދު މެންދުރު 1:00 އަށެވެ.
Heavy rain and thunderstorms expected. pic.twitter.com/AOAEefHv6E
— Maldives Meteorology (@MetMaldives) April 29, 2023
މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ، ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށްވެސް ބުނެފައި ވެއެވެ.
ވައި ޖެހޭނެ ކަމަށް ލަފާ ކުރެވެނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި، އުޅަނގުން އަދި އެހެން ހިސާބުތަކަށް ހުޅަނގުއުތުރާއި އުތުރުން، ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށް ބުނެފައި ވެއވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަ ވާނެ ކަމަށްވެސް ބުނެފައި ވެއެވެ.
މެޓް އޮފީހުން ބުނީ، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.
މިއަދު މާލޭ ސަރަހަށްދަށް ވެސް ބޯކޮށް ވާރޭވެހި ވިދާ ގުގުރާފައިވެއެވެ.