logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

އިޒްރޭލުން ސީރިޔާއަށް ދިން ހަމަލާއެއްގައި ތިން މީހަކު ޒަހަމްވެއްޖެ

ސީރިޔާގެ ހޯމްސް ސިޓީ ކައިރީގައި އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ތިން މީހަކު ޒަހަމްވެއްޖެއެވެ.

ސީރިއާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހޮނިހިރު ދުވަހުގެ ފަތިހު ދިން މި ހަމަލާގެ ސަބަބުން ތިން މީހަކަށް އަނިޔާވެ އާންމުންގެ ޕެޓްރޯލް ސްޓޭޝަނެއްގައި އަލިފާން ރޯވިއެވެ.

މޮނިޓަރިން ގްރޫޕަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާގައި ބައެއް ތެޔޮ ޓޭންކަރުތަކާއި ޓްރަކްތައް ވަނީ އަނދާފައެވެ.

ސީރިއާގެ ދައުލަތުގެ މީޑިއާއިން ބުނި ހޯމްސް ސިޓީ ކައިރީގައި ހުރި ގިނަ ތަންތަނަށް އިޒްރޭލުން ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށެވެ.

ސޫރިޔާގެ ވައިގެ ދިފާއީ ބާރުތަކުން އިސްރާއީލުގެ ބައެއް މިސައިލްތައް ވައްޓާލި ނަމަވެސް އެ ސަރަހައްދުގައި އަލިފާނުގެ ހާދިސާތަކާއި ގޮވުންތައް ވަނީ ހިނގާފައެވެ.

އިނގިރޭސިވިލާތުގެ މޮނިޓަރިން ގްރޫޕެއް ކަމަށްވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ މި ހަމަލާގެ ސަބަބުން ހޯމްސްގެ އަވަށުގެ އަސްކަރީ އެއާޕޯޓެއްގައި ހުރި ހިޒްބުﷲ އަށް ނިސްބަތްވާ ހަތިޔާރު ގުދަނެއް ހަލާކުކޮށްލާފައިވާ ކަމަށެވެ.

މިއީ މަހެއްހާ ދުވަހުގެ ތެރޭގައި އިޒްރޭލުން އެތަނަށް ހަމަލާދިން ދެވަނަ ފަހަރެވެ.

ސީރިއާގެ ދާހިލީ ހަނގުރާމައިގެ ދުވަސްވަރު އިޒްރޭލުން ވަނީ އީރާނަށް ތާއީދުކުރާ ފައުޖުތަކަށާއި ލުބުނާނުގެ ހިޒްބުالله ހަނގުރާމަވެރިންނަށް އަމާޒުކޮށް ގިނަ ވައިގެ ހަމަލާތަކެއް ދީފައެވެ.

ނަމަވެސް އެންމެ ފަހުން ދިން ހަމަލާއާ ގުޅޭ ގޮތުން އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *