logo minivan

English

ބުދަ, 04 ޑިސެމްބަރ 2024

ލޯންޗު އެކްސިޑެންޓްގައި އަނިޔާވި މީހާ ނިޔާވެއްޖެ

ފޭދޫ ފިނޮޅު ކައިރީގައި ދެ ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާ ލިބުނު މީހާ ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ  ފޭދޫ ފިނޮޅުކައިރިން ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަަށް މިއަދު ހަވީރު 16:42 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓް ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިހާދިސާގައި 53 އަހަރުގެ މީހަކަށް އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

މި ހާދިސާއާގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ދަނީ ބަލަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

"މިނިވަން" އަށް މައުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ ކުޑަރިކިލު، އޯޝަންވިލާ، އުމުރުން 52 އަހަރުގެ ސައުދު އަހްމަދެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *