logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާއްޖެ ވަޑައިގަންނަވަނީ

އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް މާދަމާ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެއީ ތިންދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓަރުގެ މި ދަތުރުފުޅުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން، ޑިފެންސް މިނިސްތަރު މާރިއާ އަދި ފޮރިން މިނިސްޓަރު ޝާހިދުއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

މިދަތުރުފުޅުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކޯސްޓްގާޑު އުޅަނދު 'ހުރަވީ' ގެ ބަދަލުގައި ޒަމާނީ އާ އުޅަނދެއް ރަސްމީކޮށް ރާއްޖެއަށް ހަދިޔާކުރައްވާނެއެވެ.  އެ އުޅަނދު މިހާރުވަނީ ރާއްޖެ ގެނެސްފައެެވެ.
އޭގެ އިތުރުން ރާއްޖޭގެ ސިފައިންނަށް ދެވަނަ ލޭންޑިން ކްރާފްޓް އެސޯލްޓް (އެލްސީއޭ) އަކާއި 24 ޔުޓިލިޓީ ވެހިކަލް އިންޑިއާ  ސަރުކާރުން ހަދިޔާ ކުރުންވެސް މާދަމާ އޮންނާނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ