logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
ފޮޓޯ: ޕީއެސްއެމް

ރިޔާސީ އިންތިހާބަށް ފަސްހާހަށް ވުރެ ގިނަ އޮފިޝަލުން ހޯދަނީ

މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރުމަށް 5،559 މީހުން ހޯދަން އިއުލާންކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނީ، އޮފިޝަލަކަށް ވުމަށް ކުރިމަތިލެވޭނީ އެއްވެސް ސިޔާސީ ޕާޓީއެއްގައި އިސް މަގާމެއް އަދާނުކުރާ 18 އަހަރުން މަތީގެ ދިވެހިންނަށް ކަމަށެވެ.

އެއްވެސް ކެނޑިޑޭޓެއްގެ ކެމްޕޭނުގައި އަމަލީ ގޮތުން ބައިވެރިވާނަމަ އަދި އެއްވެސް ކެނޑިޑޭޓަކާ އާއިލީ ގާތްކަމެއް އޮންނަ ނަމަ އޮފިޝަލަކަށް ނުވެވޭނޭ އެވެ.
ރިޔާސީ އިންތިހާބުގައި ވޯޓުލާ ދުވަހު ހަރަކާތްތެރިވާ އޮފިޝަލުންނަށް އެލަވަންސް ދެނީ،  ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް 1،500 ރުފިޔާ، ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔާއަށް 1،200 ރުފިޔާ، ވޯޓުލާ މަރުކަޒުގެ އޮފިޝަލުންނަށް 1،000 ރުފިޔާ އަދި ރިޒާވް އޮފިޝަލުންނަށް 500 ރުފިޔާ ގެ މަގުންނެވެ.
އެލަވެންސްގެ އިތުރުން ވޯޓުލާ ދުވަހު އޮފިޝަލުންނަށް ކެއުމުގެ އިންތިޒާމު އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާނެއެވެ. އަދި ވޯޓުލާ މަރުކަޒާ ހަވާލުވެ ހުންނަ އެންމެ އިސް އޮފިޝަލަށް 100 ރުފިޔާގެ ފޯން އެލަވަންސެއް ވެސް ދޭނެއެވެ.
މީގެއިތުރުން އޮފިޝަލުން އިންތިހާބާ ގުޅޭ ތަމްރީން ފުރިހަމަކުރުމުން  300 ރުފިޔާ ދިނުމަށްވެސް ހަމަޖެހިފައިވެ އެވެ.

އިލެކްޝަންސް އޮފިޝަލަކަށް ވުމަށް ޝައުގުވެރިވާ މީހުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވަނީ މިއަހަރުގެ ޖޫން 22 ވަނަ ދުވަހުގެ ނިޔަލަށެވެ. 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ