logo minivan

English

ބުދަ, 04 ޑިސެމްބަރ 2024
މަންކީޕޮކްސް ފެނުނީ 25 އަހަރުގެ ޒުވާނެއްގެ ގައިން

ޕާކިސްތާނުގައި މަންކީޕޮކްސް ޖެހުނު މީހާ ރަނގަޅުވެއްޖެ

ޕާކިސްތާނުގައި މަންކީޕޮކްސް ޖެހުނު މީހާ ބައްޔަށް ނެގެޓިވްވުމުން ހޮސްޕިޓަލުން ދޫކޮށްލައިިފިއެވެ.

އެގައުމުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ އެ މީހާއަށް ފަރުވާ ދެމުން ދިޔައީ އިސްލާމްއާބާދުގައި ހުންނަ ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޕިމްސް) ގައި ކަމަށެވެ. އެ ބަލި ފެނިފައިވަނީ 25 އަހަރުގެ ޒުވާނެއްގެ ގައިންނެވެ.

"ބައްޔަށް ނެގެޓިވްވުމުން ބަލި މީހާ މިހާރު ވަނީ ދޫކޮށްލާފައި. ޕާކިސްތާނުގައި އެމްޕޮކްސް ގެ އިތުރު ކޭސްތަކެއް ނެތް،" ތަރުޖަމާނު ވިދާޅުވިއެވެ.

އޮފިޝަލް ވަނީ ބަލިމީހާއަށް ރަނގަޅު ފަރުވާއެއް ދިންކަމަށްޓަކައި ހޮސްޕިޓަލުގެ މުވައްޒަފުންނަށް ތައުރީފް ކުރައްވާފައެވެ. އަދި ޕާކިސްތާނުގައި މަންކީޕޮކްސް ކޭސްތައް ކޮންޓްރޯލް ކުރުމަށް ކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކާއި ގުޅުގެން މިނިސްޓްރީން ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕާކިސްތާނުގައި މަންކީޕޮކްސް ލޯކަލްކޮށް ފެތުރިފައި ނުވާ ކަމަށާއި ބައިނަލްއަގުވާމީ ގޮތުން ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް ކުޑަ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

މަންކީޕޮކްސްގެ އަލާމަތްތަކުގެ ތެރޭގައި ހުން އައުމާއި ބޮލުގައި ރިއްސުން، މަސްތަކުގައި ބުރަކަށީގައި ރިއްސުން، ފަދަ ކަންކަން ހިމެނެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *