ދުބާއީ، ޔޫއޭއީގައި ހުންނަ އެފްއޭއެމް ހޯލްޑިންގް އިން ރާއްޖޭގައި ހިންގާ ލަގްޒަރީ ހޮޓެލް ރެޒިޑެންޝަލް ޕްރޮޖެކްޓް "އަލް މަހްރާ މޯލްޑިވްސް" ރިސޯޓް ތައާރަފް ކުރަން އިއުލާންކޮށްފިއެވެ.
ގާތްގަނޑަކަށް 3.4 ބިލިއަން ދިވެހި ރުފިޔާގެ އިންވެސްޓްމަންޓްގެ މިމަޝްރޫއަކީ އެ ގްރޫޕުން އެންމެ ފަހުން ފެށި ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއެވެ. އަދި އެއީ ޔޫއޭއީން ބޭރުގައި ފުރަތަމަ ރިއަލް އެސްޓޭޓް ފުޅާކުރުމުގެ މަޝްރޫއު ވެސްމެއެވެ.
އެ ޕްރޮޖެކްޓް ލޯންޗް ކުރުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މިއަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކުރިއަށްދާ 'އަރަބިއަން ޓްރެވަލް މާކެޓް 2023′ ގެ 30 ވަނަ ވަރޝަންގެ މާޖިންގައެވެ.
މި އާ މަޝްރޫއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެފްއޭއެމް ހޯލްޑިން ގްރޫޕްގެ ޗެއާމަން ޑރ.ފައިސަލް އަލީ މޫސާ ވިދާޅުވީ "އަލް މަހްރާ މޯލްޑިވްސް" ޓޫރިސްޓިކް ރިސޯޓް ޕްރޮޖެކްޓް މެދުވެރިކޮށް އެފްއޭއެމް ހޯލްޑިން ގްރޫޕްގެ އަމާޒަކީ ފުރަތަމަ ފަހަރަށް ޔޫއޭއީން ބޭރުގައި ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ފުޅާކުރުމާއި ހާއްސަކޮށް މި ޖަޒީރާ ރަށްތަކަކީ ފަތުރުވެރިން ގެ ނަޒަރުގައި މަގްބޫލުކަން ހޯދާފައިވާ ރަށްތަކަށް ވުމުން، ރަނގަޅު ފާގަތި ތަނެއްގެ ގޮތުގައި އިތުރަށް ފުޅާކުރުންކަމަށެވެ.
މޫސަ ފާހަގަކުރެއްވި ގޮތުގައި އެ ރިސޯޓް ގާއިމްކުރާނީ 100،000 އަކަމީޓަރުގެ ޖަޒީރާއެއްގައި ކަމަށާއި، 100 ފްލޯޓިން ވިލާ އާއި 150 ހޮޓެލް ޔުނިޓާއި ޗެލެޓް ހިމެނޭ ގޮތަށެވެ. އޭނާ އިތުރަށް ވިދާޅުވީ ރިސޯޓުގެ ކޮންމެ ޔުނިޓެއްގައި ޕްރައިވެޓް ސްވިމިން ޕޫލެއް ހިމެނޭނެ ކަމަށެވެ. "މި މަޝްރޫއުގައި 40 ބީޗް ވިލާ ވެސް ހިމެނޭނެ، އޭގެ ތެރޭގައި ވީއައިޕީތަކަށް ހާއްސަކޮށްގެން 10 ވިލާގެ އިތުރުން 3 ރެސްޓޯރެންޓާއި އެއް ސްޕާ، އަދި ޖިމް ވެސް ހިމެނޭނެ. އަދި އެ ރިސޯޓުގައި ހުރިހާ އެކްވަޓިކްސް އެއް ވެސް ފެނިގެންދާނެ." މޫސާ ލަފާދެއްވިއެވެ.
ރާއްޖެ ހޮވާލެވިފައިވަނީ އަރަބި ގަލްފުގެ ރައްޔިތުންނާއި އޭޝިއާގެ ރައްޔިތުންނާއި ޔޫރަޕުގެ ރައްޔިތުން ޒިޔާރަތްކުރާ ދުނިޔޭގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައެވެ. މީގެ އިތުރުން މަޝްހޫރު ޓްރޭޑްމާކްތަކާއި ބޮޑެތި ފަތުރުވެރިކަމުގެ ކުންފުނިތަކުގެ ބޮޑު ބައެއް އެތަނުގައި ހާޒިރުވާ ކަމަށާއި، ޔޫއޭއީ އަކީ ރާއްޖޭގައި މެދުއިރުމަތީގެ އެންމެ ބޮޑު އެއް އިންވެސްޓަރު ކަމަށް މޫސާ ފާހަގަކޮށްލިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ރާއްޖެއިން މީގެ ކުރިން ނުފެންނަ އިންވެސްޓްމަންޓް ފެސިލިޓޭޝަންތަކާއި އިންސެންޓިވްސް ފޯރުކޮށްދޭ ވިޔަފާރި ކުރުމަށް ފަސޭހަކޮށްދިނުމަކީ މެދުކެނޑުމެއްނެތި ފަތުރުވެރިކަމުގެ އިންވެސްޓްމަންޓްތައް ކުރިއަށް ގެންދިއުމަށް ބާރުއަޅާ ކަމެކެވެ. އަދި ރާއްޖެއަށް ފަތުރުވެރިންގެ ދަތުރުފަތުރު އިތުރުވުމަކީ އެ ބޮޑު ޑިމާންޑްގެ ބޭނުން ހިފުމަށް އާ ޓޫރިސްޓް މަޝްރޫއުތައް ފެށުމަށް ހިތްވަރު ލިބޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަލް މަހްރާ މޯލްޑިވްސްގައި އިމާރާތް ކުރުމުގެ މަސައްކަތް 3 މަސް ފަހުން ފެށިގެން ދެ އަހަރާއި ބައި ވަންދެން ކުރިއަށް ގެންދާއިރު، މަސައްކަތްތައް ނިންމުމާއި މަޝްރޫއު ހަވާލުކުރުން ވަނީ 2025 ވަނަ އަހަރުގެ މެދުތެރޭގައި" މޫސަ ވިދާޅުވިއެވެ.
އެފްއޭއެމް ހޯލްޑިން އަކީ ޔޫއޭއީގައި އެންމެ އަވަހަށް ކުރިއަރަމުން އަންނަ އެއް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ކުންފުންޏެވެ. އެއީ 2005 ވަނަ އަހަރު ޑރ.ފައިސަލް އަލީ މޫސާ އަލް ނަގްބީ އުފެއްދެވި ގައުމީ ގްރޫޕެކެވެ. މިހާރު އުފެދުނުތާ ދިހަ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން އެފްއޭއެމް ހޯލްޑިންގް އަކީ ޔޫއޭއީގެ މާކެޓްތަކުގައި އެންމެ ފާހަގަކޮށްލެވޭ އެއް ގައުމީ ގްރޫޕް ކަމަށް ބެލެވެއެވެ. އެ ކުންފުނިން މައިގަނޑު 5 ސިނާއަތަކަށް އިންވެސްޓް ކުރާއިރު، އޭގެ ތެރެއިން ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓަކީ އެންމެ މުހިންމު ސިނާއަތް ކަމަށާއި، އަނެއް ހަތަރު ސިނާއަތަކީ ކޮންޓްރެކްޓް، ކެމިކަލް އިންޑަސްޓްރީ، ފިލްމު ޕްރޮޑަކްޝަން، އަދި އައިޓީ އެވެ. އެގޮތުން އެފްއޭއެމް ހޯލްޑިންގް އިން ދަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރު ކާމިޔާބީތަކާ ދިމާލަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅައި، އަދި މުސްތަގުބަލުގެ ނަޒަރިއްޔާތާ އެއްގޮތްވާ ގޮތަށް އިންވެސްޓްމަންޓްތައް ފުޅާކުރަމުންނެވެ.