logo minivan

English

ބުދަ, 04 ޑިސެމްބަރ 2024

އަނިޔާއަށް ތާއިދު ކުރާމީހުންނަށް ގަބޫލު ނުކުރެވުނަސް މޭޑޭ މުޒާހަރާ ރާއްޖޭގެ ތާރީހު ބަދަލުކޮށްލި: އިމްރާން

އަނިޔާވެރިންނާއި އަނިޔާއަށް ތާއީދު ކުރާ މީހުންނަށް ގަބޫލުނުކުރެވުނަސް މޭޑޭ މުޒާހަރާއަކީ ރާއްޖޭގެ ތާރީހު ބަދަލުކޮށްލި މުޒާހަރާއެއް ކަމަށް ހޯމް މިނިސްޓަރ ޝެއިޚް އިމްރާން ވިދާޅުވެއްޖެ އެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ އަނިޔާވެރިކަމާ ޖައްބާރުކަމުން ދިވެހިން ސަލާމަތްކުރެވުނީ މޭޑޭ ގައި ދިވެހިން ދެއްކި އެއްބައިވަންތަކަމާއި ކުރި ހިއްވަރުގެ މައްޗަށް ބިނާކުރެވުނު މަސައްކަތުން ކަމަށެވެ.

2015ވަނަ އަހަރު މޭ މަހު އެއްވަނަ ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ވެރިކަމުގައި، އޭރު އިދިކޮޅު ޕާޓީތަކުން ކުރިއަަށް ގެންދިޔަ "މޭޑޭ މުޒާހަރާ" އަށް މިއަދަށް މީ 8 އަހަރެވެ.

މޭޑޭ މުޒާހަރާއާއި ގުޅިގެން އިމްރާން އަށް އޭރު ވަނީ 11 އަހަރުގެ ޖަލުހުކުމެއް ކޮށްފައެވެ. ނަމަވެސް، ސަރުކާރު ބަދަލުވުމުން އެ ހުކުމް ވަނީ އިސްތިއުނާފީ މަރުހަލާގައި ބާތިލްކޮށްފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *