logo minivan

English

ބުދަ, 04 ޑިސެމްބަރ 2024

ގައުމުތައް ތަރައްގީވެ ކުރިއަރައިގެން ގޮސްފައި ވަނީ އެ ގައުމެއްގެ މަސައްކަތްތެރީންގެ ހިންމަތާއި މިންނަތުން: ގާސިމް

ވަކިވަކި ގައުމުތައް ތަރައްގީވެ ކުރިއަރައިގެން ގޮސްފައި މިވަނީ އެ ގައުމެއްގެ މަސައްކަތްތެރީންގެ ހިންމަތާއި މިންނަތުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރުމުގެ ގޮތުން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.

ޓްވީޓް ގައި އެމަނިކުފާނު ވިދާޅުވީ، ދުނިޔެ އާރާސްތުވެ، އުމްރާނީގޮތުން ދުނިޔޭގެ އެކި ކަންކޮޅުތައް ތަރައްގީގެ އާ އުސްމިންތައް ހާސިލްކޮށްފައި އެވަނީ މަސައްކަތްތެރީންގެ ސަބަބުން ކަމަށާއި ވަކިވަކި ގައުމުތައް ތަރައްގީވެ ކުރިއަރައިގެން ގޮސްފައި މިވަނީ އެ ގައުމެއްގެ މަސައްކަތްތެރީންގެ ހިންމަތާއި މިންނަތުން ކަމަށާއި، އަދި އެމީހުންގެ ވިސްނުމާއި ހަކަތައިން ކަމަށެވެ.

"މި ދިވެހި ގައުމު މިހާތަނަށް ހޯދާފައިވާ އެންމެހާ ކުރިއެރުންތަކެއްގެ ހަގީގީ ހައްގުވެރީންނަކީ ދިވެހި ލޮބުވެތި މަސައްކަތްތެރީންނެވެ.  މަސްވެރީންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެހާ ފަރާތްތަކާއި،  ދަނޑުވެރީންނާއި، ޢިމާރާތްކުރާމީހުންނާއި، އަދި މިނޫންވެސް އެހެނިހެން ސިނާއަތްތަކުގެ އިތުރުން، ސަރުކާރާއި އަދި އަމިއްލަ އޮފީސްތަކާއި، އުނގަންނައިދިނުމާއި، މުދަލާއި ހިދުމަތާއި، އެކިއެކި ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރަމުންދާ ދިވެހި ލޮބުވެތި މަސައްކަތްތެރީންގެ ސަބަބުންނެވެ.” ޓްވީޓް ގައި ގާސިމް ވިދާޅުވިއެވެ.

 

ގާސިމް ވަނީ މި ހުރިހާފަރާތްތަކަށް ވަކީން ހާއްސަ ކޮށް މިއަދު އައްސަރިބަހާއި ސާބަސް ރައްދުކޮށް އެފަރާތްތަކަށް ނުހަނު އިހްލާސްތެރި ކަމާއެކު މަރުހަބާ އާއި ތަހްނިޔާ އަރިސް ކޮށްފައެވެށެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *