ޗާގޯސް މައްސަލާގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވެސް ސަރުކާރާ ދެކޮޅަށް ނިކުމެއްޖެއެވެ.
ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިޓްލޮސް އިން މިދިޔަ މަހު 28 ގައި އިއްވި ހުކުމާ ގުޅިގެން ދިވެހީންނަށް ގެއްލިގެންދިޔަ ކަނޑުގެ ސަރަޙައްދު އަނބުރާ ލިބޭނެ އެއްވެސް ގޮތެއް އޮތްތޯ ދިރާސާކޮށް، އެމަގަށް ދިވެހިރައްޔިތުންނާ އެކު އިހްލާސްތެރިކަމާ އެކު މަސައްކަތް ކުރުމަށް ނިކުމެވަޑައިގެން އެމަނިކުފާން ހުންނަވާނެ ކަމަށެވެ.
"ދިވެހީންނަށް މިފުރުޞަތު ގެއްލިގެންދިއުމުގައި، ދިވެހިސަރުކާރުން މިކަމުގައި ޒަމާނުއްސުރެ ގެންގުޅެމުން އައި ސިޔާސަތު މޮރިޝަސްއަށް ފަހިވާގޮތަށް ކުއްލިއަކަށް ބަދަލުކޮށް، ރައީސުލް ޖުމުހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވިސިޓީފުޅު ބޮޑު ދައުރެއް އަދާކުރިކަން، ފަނޑިޔާރު އިއްވެވި ޙުކުމުގެ ޤަޟިއްޔާގެ 20 ވަނަ ޞަފްޙާގައި ބަޔާންކޮށްފައިވާ 51 ވަނަ ނުކުތާއިން ސާފުކޮށް އެނގެން އޮވެއެވެ. މިޢަމަލަކީ، ދިވެހިރާއްޖޭގެ ޤާނޫންއަސާސީގެ 3 ވަނަ މާއްދާ އާއި އަދި 6/96 ދިވެހިރާއްޖޭގެ ކަނޑުތަކާ ބެހޭ ޤާނޫނުގައި ކަނޑައެޅި ބަޔާން ވެގެންވާ ގޮތްތަކާ ޚިލާފަށް ކުރެއްވެވި ޢަމަލަކަށްނުވޭތޯއެވެ؟" ޓުވީޓް ގައި ގާސިމް ވިދާޅުވިއެވެ.
ގާާސިމް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ސަރަހައްދުން އެންމެ ކޮޑި އިންޗިއެއްވެސް ދިވެހީންނަށް ގެއްލޭ ގޮތަށް ނިންމާ އެއްވެސް ނިންމުމަކަށް ތާއީދެއް ނުކުރައްވާނެކަމަށެވެ.
ޗާގޯސްއާ ދިވެހިރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަޙައްދުގެ މައްސަލައިގައި ( އިޓްލޮސްއިން) އޭޕްރީލް 28 ގައި އިއްވި ޙުކުމަކީ ،އިގްތިޞާދީ ނަފާހޯދުމަށް ދިވެހިންނަށް ލިބެންއޮތް 200 ނޯޓިކަލް މޭލުގެ ބޮޑު ސަރަޙައްދު ހޯދުމަށް އޮތް ރަނުގެ ފުރުޞަތު ގެއްލިގެންދިޔަ ޙުކުމެއް ކަމުގައި އަޅުގަނޑު… pic.twitter.com/ujF5TkDUdt
— Qasim Ibrahim (@qasimibrahim) May 1, 2023
ޗާގޯސްއާ ގުޅޭ ގޮތުން އިޓްލޮސްއިން ނިންމި ނިންމުން ބަލައިނުގަންނާނެ ކަމަށް އެހެން ޕާޓީތަކުން ވެސް ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ނުކިޔަވާތިބީމަ ވާގޮތް! އެޑްވައިޒަރުންނަށްވެސް މިތިބީ އިލްހާމު، ރިޔާޒު، ނިހާނުމެން ވިއްޔަ! ޗާރޓެއް ރީޑްކުރަން އެނގޭ އެކަކުނެތް! ބައުންޑަރީއަކުން ހަމަ އެންމެ ތަންކޮޅެއްވެސް ނުގެއްލޭ! އިތުރަށް ލިބުނީ! ކަމުގެ މާހިރުން ކިޔާ އެއްޗެއް އަހާބަލަ!