logo minivan

English

ބުދަ, 04 ޑިސެމްބަރ 2024

ސިނަމާލެ ބްރިޖްމަތިން ފުންމާލި މީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނީ

ސިނަމާލެ ބްރިޖުމަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންގޮސްފިކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް " މިނިވަން" އަށް ވިދާޅުވީ، އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ކޮށްފައިވަނީ މިއަދު ހެނދުނު 8:44 ހާއިރުކަމަށެވެ.

" މިހާރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނީ " ފުހުލުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ބުނީ ބްރުޖިިމަތިން ކަނޑަށް ފުންމާލާފައިވަނީ 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ސަލާމަތްކޮށްފައިވަނީ އެ ސަރަހައްދުން ދަތުރުކުރި ލޯންޗަކުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކަމާ ގުޅިގެން އަދި އިތުރު ތަފްސީލް މިވަގުތު ދެވެން ނެތްކަމަށް ފުލުހުން ބުންޏެވެ. މޫދުން ނަގައިގެން ގެނައި މީހަކަށް ފަރުވާދޭކަމަށް އައިޖީއެމްއެޗްއިން ބުނި ނަމަވެސް އެމީހާގެ ހާލު އަދި އޮޅުންފިލާގޮތެއްނުވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *