logo minivan

English

ބުދަ, 04 ޑިސެމްބަރ 2024

ޒަރީރަށް ދިން ހަމަލާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން އެމްޑީފީ އިން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު އަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ، ހަމަލާ ދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީން ގޮވާލައިފި އެވެ.

އެމްޑިޕީއިން ނެރުނު ބަޔާނެއްގައި ބުނީ އެ ހަމަލާ ކުއްވެރިކުރާކަަމަށެވެ.

" ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރުއަށް އަމާޒުކޮށް ބަޔަކު ދިން ހަމަލާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ" އެމްޑީޕީއިން ބުންޏެވެ.

ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޒަރީރަށް ހަމަލާދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެ ހެނދުނު 5:08 ހާއިރުއެވެ.

ޒަރީރަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި އަދިވެސް ގެންދަނީ ފަރުވާ ހޯއްދަވަމުންނެވެ. އޭނާގެ ބޮލަށް ލިބިފައިވާ އަނިޔާގެ ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފަ އެވެ.

ޒަރީރުގެ ބޮލަށް ލިބިފައިވާ އަނިޔާކަމަށް. ދައުރުވާ ފޮޓޯހަމަލ

މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް މައްސަލައިގެ ތުހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ތިއައްނި ވީކަމެއްނަމަ ކުއްނުކުރިޔަސް މިހާރު އެތެއްބަޔަކު ޖަލުގައިތިބޭނީ ކުއްނުކުރިޔަސް ކަންއޮތީއެހެން !!!!!!!!!!!!!!!!!!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *