logo minivan

English

ބުދަ, 04 ޑިސެމްބަރ 2024
ފޮޓޯ:ޕީއެސްއެމް

ޕީޕީއެމްގެ ތުހުމަތު، އިމްރާން ދޮގުކުރައްވައިފި

ޖަލު ހުކުމް ތަންފީޒުކުރަމުން ގެންދަވާ އިދިކޮޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީނަށް އެކި ގޮތްގޮތުން އަނިޔާދޭ ކަމަށް ބުނެ ހޯމް މިނިސްޓަރު އިމްރާންގެ މައްޗަށް ރޭ އިދިކޮޅުން ޕީޕީއެމް އިން ކުރި ތުހުމަތުތައް، އިމްރާނު ދޮގުރުކައްވައިފިއެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި  ބުނީ އިމްރާން އިސްވެ ހުންނަވައިގެން އެކި ގޮތްގޮތުން ޔާމީނަށް "ދުއްތުރާ ކުރުމަށް" މަސައްކަތް ކުރައްވާ ކަމަށެވެ. އެގޮތުން ޖަލުގައި ހުންނަވާ ތަކުގައި ފާހަނާއަށް ދަންދެން ކެމެރާ ހަރުކޮށް ޔާމީނު އުޅުއްވާ ހުރިހާ ގޮތެއް އިމްރާން ބައްލަވާ ކަމަށް އިދިކޮޅުން ތުހުމަތު ކުރިއެވެ.

އެ ތުހުމަތުތަކަށް ރައްދުދެއްވައި މިއަދު ހެނދުނު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީނުގެ އިންސާނީ ހައްގުތަކާއި ކަރާމާތަށް އުނިކަން ލިބޭނެ އެއްވެސް ކަމެއް ނުކުރައްވާކަމުގައެވެ.

އަދި އިމްރާން ވިދަޅުވީ ރައީސް ޔާމީނަށް ޖަލުން ގިނަ ހިދުމަތްތަކެއް ލިބިވަޑައިގަންނަވާކަމުގައެވެ.

" ޖަލުގައި މިހާތަނަށް އެންމެ ގިނަ ހިދުމަތް ދެވުނު ގައިދީ އަކަށް ވާނީ ރައީސް ޔާމީން ކަން އެމްސީއެސް ގެ އޮފިޝަލުންނަށް އެނގިވަޑައިގަންނަވާނެ" އިމްރާން ވިދާޅުވިއެވެ.

ރޭ އިދިކޮޅު ކޯލިޝަނުން ހޯމް މިނިސްތަރު އިމްރާނާއާއި ބެހޭގޮތުން ތުހުމަތުތަކެއް ކުރި އިރު،  ޕީޕީއެމްގެ ޓިކެޓު ޔާމީން ފިޔަވައި އެއްވެސް މީހަކަށް ނުދޭނެ ކަމުގެ ޔަގީންކަން ވެސް ޕީޕީއެމް އިން ދިނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *