logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ރަސްގެފާނު ޗާލްސް ތަހުތުގައި ވެޑުވުމުގެ ރަސްމިއްޔާތަށް ރައީސް މިރޭ ލަންޑަނަށް ވަޑައިގަންނަވަނީ

އިނގިރޭސި ރަސްގެފާނު ޗާލްސް ތަހުތުގައި އިށީނދެ ވަޑައިގަތުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލް ޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ލަންޑަނަށް ފުރާވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރަސްގެފާނު ޗާލްސް ރަސްމީކޮށް ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ މި ރަސްމިއްޔާތު އޮންނާނީ އަންނަ ހޮނިހިރުދުވަހުއެވެ.

އެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމުގެ އިތުރުން ރައީސް ސޯލިހު، އިނގިރޭސި ވިލާތަށް ކުރައްވާ މި ދަތުރުފުޅުގައި، ބޭރުގެ ވަފުދުތަކަށް، ބާއްވާ ކޮމަން ވެލްތް ގައުމުތަކުގެ ލީޑަރުންގެ ހާއްސަ ހަފްލާއެއްގައި ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ބަކިންހަމް ޕެލަސް އިން އިއުލާން ކޮށްފައިވާގޮތުގައި ރަސްގެފާނު ޗާލްސްގެ ތަހުތުގައި ވެޑުވުމުގެ ރަސްމިއްޔާތު އޮންނާނީ 6 މެއި 2023 ވާ ހޮނިހިރު ދުވަހު ލަންޑަންގެ ވެސްޓްމިންސްޓާ އެބީގަ އެވެ. އެ ރަސްމިއްޔާތުގައި 'ދަ ކުއީން ކޮންސޯޓް' ކެމީލާ އާއި ރަސްގެފާނު ޗާލްސް ތިންވަނައިގެ އިސްތަށިފުޅުގައި ޝާހީ ތާޖު އަޅުއްވާނެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *