logo minivan

English

ހޮނިހިރު, 21 ޑިސެމްބަރ 2024
ސީރިޔާގެ ރައީސް ބަޝާރުލް އަސަދު ފޮޓޯ: ރޮއިޓާސް

އަސަދުގެ ސަރުކާރާ ގުޅުން ބަދަހިނުކުރާނެ ކަމަށް އެމެރިކާއިން ބުނެފި

ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު އިސްވެ ހުންނަވާ ސަރުކާރާ، ގުޅުން ބަދަހި ނުކުރާނެ ކަމަށް އެމެރިކާ ސަރުކާރުން ބުނެފިއެވެ.

އެމެރިކާއިން އެކަން ހާމަކޮށްފައިވަނީ އަރަބި ގިނަ ގައުމުތަކަކުން ސީރިޔާއާ އެކު އަލުން ގުޅުން ބަދަހިކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ބުރާސްފަތި ދުވަހު އެމެރިކާގެ ސެކެރެޓަރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކެން ވިދާޅުވީ އެމެރިކާއިން އަސަދުގެ ސަރުކާރާ ގުޅުން ބަދަހި ނުކުރާނެ ކަމަށެވެ. އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރު "2254″ ގެ މައްޗަށް ބިނާކޮށް ހަގީގީ ސިޔާސީ ކުރިއެރުމެއް ލިބެންދެން ސީރިޔާއާ ގުޅުމެއް ނުބޭއްވޭނެއެވެ.

2015 ވަނަ އަހަރުގެ ގަރާރުގައި ވަނީ އދގެ ބެލުމުގެ ދަށުން ސީރިއާގައި އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް އެދިފައެވެ.

މިދިޔަ ހޯމަ ދުވަހު ސީރިއާ، މިސްރު، އިރާގު، ސައުދީ އަރަބިއްޔާ އަދި އުރުދުންގެ ހާރިޖީ ވަޒީރުން އުރުދުންގެ ވެރިރަށުގައި ބައްދަލުކުރައްވައި އަސަދުގެ ސަރުކާރު އަރަބި މުޖުތަމައުގެ ތެރެއަށް އަލުން ގުޅާލުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

އަރަބި ލީގުން ސީރިއާ ސަސްޕެންޑްކޮށް ސަރަހައްދީ ބާރުތަކުން ބޭރުކުރީ 2011 ވަނަ އަހަރު އަރަބި ސްޕްރިންގްގެ މުޒާހަރާތަކާ ދެކޮޅަށް ސީރިއާ އިން ހިންގި ހަމަނުޖެހުންތަކާއި ގުޅިގެންނެވެ. މި ހަމަނުޖެހުންތަކުގައި އެތައް ހާސް ބަޔަކު މަރުވެ އެތައް މިލިއަން ބަޔަކު ވަނީ ގެދޮރު ގެއްލިފައެވެ.

މި ހަފުތާގެ ކުރީކޮޅު ބްލިންކެން ވިދާޅުވީ 2012 ވަނަ އަހަރު ސީރިއާއިން ގެއްލުނު އެމެރިކާގެ ނޫސްވެރިޔާ އޮސްޓިން ޓިސް ދޫކޮށްލުމަށް އެމެރިކާއިން ސޫރިޔާ ސަރުކާރާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *