logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ހާލުގައި ޖެހުނު ލޯންޗާއި މިހާރު ގުޅިއްޖެ، މީހުންގެ ހާލު ރަނގަޅު: އެމްއެންޑީއެފް

ހާލުގައި ޖެހުނު ލޯންޗާއި މިހާރު ގުޅިއްޖެ މީހުންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ، ކޯސްޓް ގާޑް ހާބާ ކްރާފްޓެއްގެ ބެލުމުގެ ދަށުން އެ ލޯންޗް މީދުއަށް ދަތުރު ކުރަމުންދާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިން ދ މީދޫއަށް ދަތުރު ކުރި ލޯންޗަމައްޗަށް ރާޅެއް އަރައިގެން އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ކޯސްޓް ގާރޑުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. ލޯންޗް އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުނީ ފީއަލީގެ ބޭރުން 7 މޭލު ބޭރުން ކަމަށާއި ލޯންޗަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވ. އަތޮޅު ފިލިތެޔޮ ރިސޯޓުން ލޯންޗަކާއި ފީއަލީން ލޯންޗެއް ފުރާފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އަންހެނުންނާ ކުޑަކުދިންނާއެކު މި ލޯންޗުން 30 މީހުން ދަތުރު ކުރި ކަމަށެވެ.

މި ލޯންޗަކީ ތ. އަތޮޅާ މާލެއާ ދެމެދު ދަތުރުކުރާ “ވިޝަން އެކްސްޕްރެސް” ނަމަކަށް ކިޔާ ލޯންޗެކެވެ.

އެމްއެންޑީއެފުން ބުނީ ލޯންޗް މިހާރު ފ. އަތޮޅަށް ވަންނަން ދަތުރު ކުރަމުންދާ ކަމަށާއި ލޯންޗާ މިހާރު ގުޅިފައިވާ ކަމަށެވެ. ލޯންޗްގައި ތިބި މީހުންގެ ހާލު ރަނގަަޅު ކަމަށް އެމްއެންޑިއެފުން ބުނެއެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ