logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024
ފޮޓޯ: ފުލުހުން

ބަނގުރާފުޅި ތަކަކާއެކު މާމިގިލިން 3 މީހުން ހައްޔަރުކޮށްފި

އދ. މާމިގިލީގައި ބަނގުރާފުޅި ތަކަކާއެކު ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. 

ފުލުުހުން ބުނީ، ބަނގުރާ ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ މީހަކާއި 22 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެއް ކަމަށެވެ އަދި އެ ތިން މީހުންނަކީ ވެސް ދިވެހި ފިރިހެނުންކަމަށެވެ.

ފުލުުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި މާމިގިލީ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި މަހުގެ 3 ވަނަ ދުވަހު އެރަށު އުތުރު ފަރާތު ގޮނޑުދޮށުން އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު 78 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެމައްސަލަ މާމިގިލީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގުކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *