logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024

އިދިކޮޅު ކޯލިޝަނުން ރައީސް ނަޝީދާއި ބައްދަލު ކޮށްފި

ޗާގޯސްގެ ކަނޑުގެ އިން ކަނޑައެޅި މައްސަލާގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ މިއަދު ބައްދަލުކޮށްފި އެވެ.

އެ ކޯލިޝަނުން ބުނެފައިވަނީ، މިބައްދަލުވުމަކީ، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރު ޔާމީންގެ ލަފާފުޅުގެ މަތިން ބޭއްވި ބައްދަލުވުމެއްކަމުގައެވެ.

އެ ބައްދަލުވުން އޮތީ މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ، ޕީއެންސީގެެ ރައީސް އަބްދުއްރަހީމް ( އަދުރޭ) އާއި ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމާއި، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ގެ އިތުރުން އެމްޑީޕީގެ ނަޝީދުގެ ފެކްޝަންގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ. 

އެ ބައްދަލުވުމާ ގުޅޭ ގޮތުން އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ "ކަނޑުން ބައެއް ގެއްލުވާލި" މައްސަލާގައި އިދިކޮޅުން މަޖިލީސް ރައީސާ ބައްދަލުކޮށްފައިވާ ކަމަށެވެ.

މޮރިޝަސް – ރާއްޖެ އިމުގެ މައްސަލައިގައި އިދިކޮޅު ކޯލިޝަނުގެ އިތުރުން ރައީސް ނަޝީދު ވެސް  ގެންދަވަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ