logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024
ފޮޓޯ:ޕީއެސްއެމް

އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންގެ ވޯޓުފޮށި ބަހައްޓާ ތަންތަން ކަނޑައަޅައިފި

އަންނަ މަހު 17 ގައި 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނުގައި ވޯޓުފޮށި ބަހައްޓާނެ ތަންތަނާއި ވޯޓުލާ ސަރަހައްދުތައް ކަނޑައަޅާ، އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފިއެވެ.

އެދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ ތ.ގާދިއްފުށީ، ރ.މީދޫ، ގދ.ހޯޑެއްދޫ، ގދ.ވާދޫ، ކ.މާމެންދޫ، ކ.ދިއްފުށި، މ.ވޭވަށު، ފ.ބިލެއްދޫ، ށ.މާއުނގޫދޫ އަދި ހދ.ފިނޭގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންތަކެވެ.

ބައި-އިލެކްޝަންތަކުގެ ވޯޓުފޮށިތައް ބެހެއްޓުމަށް ހަމަޖައްސާފައިވާ ތަންތަން

ޤާނޫނު ބުނާގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެމްބަރުން އިސްތިއުފާ ދެއްވައިފިނަމަ، 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވައި ހުސްވި މަގާމަށް މެމްބަރަކު އަންޔަން ކުރަން ޖެހޭނެއެވެ.

އެކި ސަބަބުތަކާހެދި މަގާމު ހުސްވެފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން،  އަހަރަކު އެއްފަހަރު ބޭއްވުމަށް ނިންމީ، ކައިރި ކައިރީގައި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބު ބާއްވަންޖެހުމުން އެކަމަށް ހިނގާ ހަރަދު ބޮޑުވާތީކަަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ