logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024

ޤާސިމްއާ ރިޔާސީ ޓިކެޓް ހަވާލުކުރުމާއި ރިޔާސީ ކެމްޕެއިން އިފްތިތާހުކުރުން ޖޫން 1ގައި

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓް ހަވާލުކުރުމާއި އެޕާޓީގެ ރިޔާސީ ކެމްޕެއިން ޖޫން 1 ވަނަ ދުވަހު ފަށަން ނިންމައިފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީގެ ކެމްޕެއިން ޖޫން 1 ވަނަ ދުވަހު ފެށުމާއި އެދުވަހު ޓިކެޓް ހަވާލުރަން ނިންމީ މިއަދު އޮތް އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ރިޔާސީ އިންތިހާބާ ގުޅޭ ގިނަ މަޝްވަރާތަކެއް ކުރިއަށް ދިޔަ ކަމަށް މައުލޫމާތުލިބެއެވެ. ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރަކު ވިދާޅުވީ، މިފަހަރުގެ އިންތިހާބު ކާމިޔާބުކުރަން ޖުމްހޫރީ ޕާޓީން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ.

ޤާސިމްގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާހަދަކުރައްވާނެކަމަށް އިއުލާންކޮށްފައިވާ ބޭފުޅުންގެ ތެރޭގައި ރައީސް ސޯލިހާއި ކާނަލް ނާޒިމާއި އުމަރު ނަސީރާއި ޑރ. މުހައްމަދު މުނައްވަރު ހިމެނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. އާއެކެވެ. ބައިވެރިވާނެ ބަޔަކު ނުވިވިއްޔާއެވެ. އެއީ އެންމެނަށްވެސް ގާސިމަށް ވާނެވަރު އިނގެއެވެ. ކައިރީގައި ތިބި ބަޔަކު ވަސްވާސް ލާދީގެން މިއުޅެނީ މުއްސަދި ވެލާށެވެ. އެޑްވައިޒަރުންނަށް މިތިބަ ނިހާނު، އިލްހާމް، ރިޔާޒުމެންނަކީ އެއްވެސް ބަޔަކާއި ކޯލިސަން ހަދައިފިއްޔާ ވަޒީފާގަޑެއް ލިބޭނެ ފެންވަރެއް ހުރި ބަޔެއް ނޫން ވިއްޔާއެވެ. ބޮޑު ބޮނޑި ހޯދަން އުޅެގެން ފިސާރި ރީއްޗަށް މިފަހަރު ފެންވަރު ފެންނާނެއެވެ. ބަލަން ތިބޭށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ