logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ގުރުއާން އަންދާލި 2 މީހަކަށް އީރާނުން މަރުގެ އަދަބު ދީފީ

ކީރިތި ގުރުއާން އަންދާލި ދެ މީހަކަށް އީރާނުގައި މަރުގެ އަދަބު ދީފިއެވެ.

ޝަރުއީ ދާއިރާ އިން ބުނީ އެ މައްސަލާގައި ހިމެނޭ ޔޫސުފް މެހެރްދާދް އާއި ސަދްރޮއްލާ ފަޒެލި ޒަރޭއަށް މަރުގެ އަދަބު ދީފައިވަނީ ހޯމަ ދުވަހު ކަމަށެވެ.

އެ މައްސަލަ ފެށުނީ މީގެ ތިން އަހަރު ކުރިން، ބޭއަދަބީ ކޮންޓެންތަކެއް ހިންގި ގްރޫޕެއްގެ މައުލޫމާތުތައް ޝަރުއީ ދާއިރާއަށް ލިބުނު ހިސާބުންނެވެ. އޮންލައިން ގްރޫޕާއި ޗެނަލް ހިންގަމުން އައި މެހެރްދާދީއާ ފަޒެލީއެވެ. އެ ގްރޫޕުތަކުން އައީ އިސްލާމްދީނާ ދެކޮޅު ކޮންޓެންޓްތައް ފަތުރަމުންނެވެ.

އިސްލާމްދީނާ ހިލާފަށް އެ މީހުން ދެއްކި ވާހަކަތައް ގޯސް ކަމުން ސުޕްރީމް ކޯޓުގެ ހުކުމުގައި އެ ވާހަކަތައް ފާހަގަކޮށްފައި ނުވެއެވެ.

މެހެރްދާދުގެ ފޯނުގައި ގުރުއާން އަންދާލި ވީޑިއޯއެއް ވެސް ހިމެނޭ ކަމަށާއި އެ ވީޑިއޯ އާންމުކޮށް ހިއްސާކޮށްފައިވާ ކަމަށް ޝަރުއީ ދާއިރާ އިން ބުންޏެވެ.

ނޯވޭގެ އީރާން ހިއުމަން ރައިޓްސް ޖަމާއަތުން މިދިޔަ ހަފުތާގައި ބުނެފައި ވަނީ އީރާނުން 10 ދުވަހުގެ ތެރޭގައި 42 މީހަކަށް މަރުގެ އަދަބު ދީފައިވާ ކަމަށެވެ.

މަރުގެ އަދަބު ދީފައިވާ ގިނަ މީހުންނަކީ މަސްތުވާތަކެތީގެކުށް ސާބިތުވެފައިވާ ބަލޫޗި ދަރިކޮޅުގެ މީހުން ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ