logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ސިޓީ ކައުންސިލްގެ ޤުރުއާން އަދި މަދަޙަ މުބާރާތުގެ ނަތީޖާ ފާޅުކުރުން މިމަހު 20 ގައި

ރަމަޟާން މަހަށް ހާއްސަކޮށްގެން މާލޭ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި މަދަހަ އަދި ޤުރުއާން މުބާރާތް 1444 ގެ ނަތީޖާ ފާޅުކުރުމުގެ ހަފްލާ މިމަހުގެ 20 ގައި ބޭއްވުމަށް ނިންމައިފިއެވެ.

މިކަމާއި ގުޅޭގޮތުން ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ނަތީޖާ ފާޅުކުރުން އޮންނާނީ މިމަހުގެ 20 ވާ ހޮނިހިރު ދުވަހުގެ ރޭ 20:30 ގައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ކަމަށެވެ.

ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ޤުރުއާން މުބާރާތާއި މަދަޙަ މުބާރާތުގެ ރެކޯޑިންތައް ރަމަޟާންމަހުގެ ކުރިން ނިންމާ ރަމަޟާން މަހު ވަނީ މި ދެ މުބާރާތް ސިޓީ ކައުންސިލްގެ ޔޫޓިއުބް ޗެނަލް އާއި ދިވެހި ޗެނަލް އަދި ސަންގުޓީވީ މެދުވެރިކޮށް ދުރަށް ދައްކަންފަށާފައެވެ.

މި ދެ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 6 އުމުރުފުރާ އަކަށް ބަހާލައިގެންނެވެ. އެއީ 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16އަހަރުން ދަށާއި، 19އަހަރުންދަށެވެ.

ހަތަރު ވަނަ ދައުރުގެ ކައުންސިލުން 1443 ވަނަ އަހަރުގެ ރަމަޟާން މަހު މުޅިން އަލަށްފެށި މުބާރާތުގައި ބައިވެރިވެފައިވަނީ ޖުމްލަ 428 ބައިވެރިންނެވެ. އެއީ ޤުރުއާން މުބާރާތުގައި 293 ބައިވެރިން އަދި މަދަޙަ މުބާރާތުގައި 135 ބައިވެރިންނެވެ.

ބޮޑެތި އިނާމް ތަކަކާއިއެކު ކައުންސިލުން ފުރަތަމަ ބޭއްވި މުބާރާތާއި އަޅާ ބަލާއިރު މި އަހަރުގެ މުބާރާތުގައި ބައިވެރިވި އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނިމިދިޔަ އަހަރެކޭ އެއްފަދައިންމި އަހަރުގެ ރަމަޟާންމަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ދެ މުބާރާތުގައި މިއަހަރު ވަނީ 1060 ކުދިން ބައިވެރިވެފައެވެ. އެއީ ޤުރުއާން މުބާރާތުގައި 756 ބައިވެރިން އަދި މަދަޙަ މުބާރާތުގައި 304 ބައިވެރިންނެވެ.

ނިމިދިޔަ އަހަރުގެ ޤުރުއާން މުބާރާތުގެ މުޅި މުބާރާތުގެ އެއްވަނަ އަށް ހޮވިފައިވަނީ 13 އަހަރުން ދަށުގެ ދަރިވަރު މަން އިސްމާއިލް މުޚްތަބާ އެވެ. އަދި ނިމިދިިޔަ އަހަރުގެ މަދަޙަ މުބާރާތުގެ މުޅި މުބާރާތުން އެއްވަނަ އަށް ހޮވިފައިވަނީ 16 އަހަރުން ދަށުގެ ދަރިވަރު އައިޝަތް ޢާލާ ޙަސަންއެވެ.

1443 ވަނަ އަހަރެކޭ އެއްފަދައިން މިއަހަރުގެ މުބާރާތުގައިވެސް ބައިވެރިންނަށް އަގުހުރި އިނާމްތަކެއްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މުބާރާތުގެ އިނާމް ދިނުމުގެ ޙަފްލާވެސް ޓީވީ މެދުވެރިކޮށް ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *