logo minivan

English

ހުކުރު, 27 ޑިސެމްބަރ 2024

އެއްކޮށްލި ދެ އެޕާޓްމަންޓްގެ ޖޫރިމަނާ ނުދައްކާ

ހިޔާ ފްލެޓްގެ ދެ އެޕާޓްމެންޓް އެއްކޮށްލި މައްސަލާގައި 200،000 ރުފިޔާއިން ޖޫރިމަނާކޮށް ފަސް ދުވަސް ތެރޭގައި ދައްކަން އެންގި ނަމަވެސް ފަސްދުވަސް ވީ އިރު އެފައިސާ ނުދައްކާ ކަމަށް އާބަންކޯ އިން ބުނެފިއެވެ.

ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަދާފައިވާ މައްސަލައިގައި އާބަންކޯއިން ވަނީ މިމަހުގެ ފަސް ވަނަ ދުވަހު ދެ އެޕާޓްމަންޓްގެ ވެރިން ކޮންމެ އެޕާޓްމަންޓަކަށް އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.

ފަސް ދުވަހުގެ މުއްދަތު ހަމަވީ އިއްޔެ އެވެ.

އެ ޖޫރިމަނާގެ އިތުރުން ދިހަ ދުވަސް ތެރޭގައި އިމާރާތް ކުރިން ހުރިގޮތަށް ބަދަލުކޮށް ދެ އެޕާޓްމަންޓް ވަކިކުރަން ވެސް އާބަންކޯއިން ވަނީ އަންގާފައެވެ.

މައުލުމާތު ލިބިފައިވާ ގޮތުގައި ، މި އެޕާޓްމަންޓްގެ ވެރިފަރާތުން ގަވައިދުން ކުލިވެސް ނުދައްކައެެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި މިދެ އެޕާޓްމަންޓް ހަދާފައިވަނީ ވަރަށް ފެންވަރު ރަނގަޅުކޮށެވެ.

މި ދެ އެޕާޓްމަންޓުގެ މެދު ފާރު ތަޅާލައި އެތަން ހަތަރު ކޮޓަރީގެ އެއް އެޕާޓްމަންޓަށް ބަދަލުކޮށްފައިވާކަން ފެންމަތިވެގެން އާބަންކޯއިން ވަނީ އެކަން ބަލާފައެެވެ.

ސޯޝަލް ހައުސިންގެ ގޮތުގައި ދޫކޮށްފައިވާ ހިޔާ ފްލެޓްތައް ހަވާލުކުރިއިރު އާބަންކޯ އިން ވަނީ އެއްވެސް އެޕާޓްމަންޓެއްގެ އިންޓީރިއާ އަށް ބަދަލު ގެންނަ ނަމަ އާބަންކޯގެ ހުއްދަ ނެގުމަށް އަންގާފަ އެވެ. އަދި އެ އެންގުމާ ހިލާފަށް އަމަލުކުރާ މީހުން ޖޫރިމަނާކުރާނެ ކަމަށްވެސް ކުރިން ބުނެފައިވެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *