logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024

ބަންޑާރަނައިބު ރިފްއަތުގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅައިފި

މޮރިޝަސް-ރާއްޖެ އިން ވަކިކުރުމުގެ މައްސަލައިގައި ދިވެހި ދައުލަތުގެ ފަރާތުން ބަންޑާރަނައިބު އިބްރާހިމް ރިފްޢަތު ދިވެހި ދައުލަތް ހިމާޔަތް ނުކުރައްވާ ކަމަށް ތުހުމަތުކޮށް ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ މަޖިލީހަށް  ހުށަހެޅީ އިދިކޮޅ ުޕީޕީއެމް، ޕީއެންސީ، އެމްއެންޕީ އަދި ޖުމްހޫރީ ޕާޓީގެ އިތުރުން ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމަށް ނިސްބަތްވާ މެމްބަރުންނެވެ.

ބަންޑާރަނައިބު ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ފަހު ޕީޕީއެމް، އާއި ޕީއެންސީ އަދި ޖޭޕީގެ އިތުރުން ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުންއަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

މީގެ އިތުރުން ޗާގޯސް މައްސަލައާ ގުޅިގެން ރައީސް ސޯލިހް އާއި ފޮރިން މިނިސްޓަރު ޝާހިދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ވެސް އިދިކޮޅުން ހުށަހަޅާނެ ކަމަށް ބުނެފައިވެއެވެ.

އިދިކޮޅުން ބުނީ ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން  10 މެމްބަރުންގެ ސޮޔާއިއެކު ކަމަށާއި އަދި އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ފާސްކުރުމަށް ބޭނުންވާ އަދަދަށް ވޯޓު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވާނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ