logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

ގެއްލުނު ޖަމްބޯ ދޯނިވަނީ އަޑިއަށް ގޮސްފައި: އެމްއެންޑީއެފް

ގެއްލުނު ޖަމްބޯ ދޯނިވަނީ އަޑިއަށް ގޮސްފައި ކަމަށް އެމްއެންޑީއެފް ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނީ، ކަނޑުމަތިން ނެގި މީހުން ވަނީ ގެއްލުނު ޖަންބޯ ދޯނި އަޑިއަށް ގޮސްފައިވާކަމަށް އެމީހުންނެގި ލޯންޗުގެ ކެޕްޓަނަށް މަޢުލޫމާތު ދީފައިކަމަށެވެ.

މީގެ އިތުރުން އެމްއެންޑީއެފްއިން ބުނީ، ލޯންޗުންނެގި މީހުން މިހާރު އެހެން ދޯންޏެއްގައި މާލެއަށް ގެނައުމަށް ދަތުރުކުރަމުން ދާކަމަށާއި، އިތުރު ތަފްޞީލްތައް ލިބޭނީ ހަވީރު 16:30 ހާއިރު އެމީހުން މާލެ އައުމުން ކަމަށެވެ.

ގެއްލުނު ޖަންބޯ ދޯނި ހޯދުމުގެ މަސައްކަތުގައި ރެއިން ފެށިގެން އެމްއެންޑީއެފް ކޯސްޓްގާޑް ނޫރައްދީން ލޯންްޗް ދަނީ ކުރަމުންނެވެ. މީގެ އިތުރުން މިއަދު ހެނދުނު އެމްއެންޑީއެފް ޑޯނިއަރ އެއަރކްރާފްޓް ވެސް ވަނީ މި ދޯނި ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައި ކަމުގައިވެސް އެމްއެންޑީއެފްއިން ބުންޏެވެ.

މި ދޯނި ގެއްލުނީ ހިލަވެލި ބަރުކޮށްގެން މާލެއިން ފުރައިގެން ކ. ގާފަރުގައި މަޑުކުރުމަށްފަހު، އެރަށުން ފުރައިގެން ބ. ދަރަވަންދޫއަށް ދަތުރުކުރަމުން ދަނިކޮށެވެ. "ޖަންބޯ" އަކީ ދިގުމިނުގައި 65 ފޫޓު ހުންނަ ދޯންޏެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ