logo minivan

English

ބުރާސްފަތި, 28 މާރޗް 2024

އެސްއެމްއީ ހަބުގެ ދެވަނަ ފަންގިފިލާ ވިޔަފާރިތަކަށް ހުޅުވާލައިފި

އެސްއެމްއީ ހަބުގެ ދެވަނަ ފަންގިފިލާގައި ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އިން ވިދާޅުވީ އެސްއެމްއީ ހަބުގެ ދެވަނަ ފަންގިފިލާގައި ޖުމްލަ 10 ކިއޮސްކެއް ހުންނާނެކަމަށެވެ.
މީގެ ތެރެއިން 3 ކިއޮސްކެއް އަންނައުނު ވިއްކާ ފަރާތްތަކަށް ޚާއްޞަކޮށްފައިވާއިރު، ބާކީ 7 ކިއޮސްކު ޚާއްޞަކޮށްފައިވަނީ އަރޓް އެންޑް ކްރާފްޓް، އެސެސަރީޒް އަދި ރީތިވުމަށް ބޭނުންކުރާ ސާމާނު ވިއްކުމަށެވެ. މި ކިއޮސްކްތަކުގައި ވިއްކޭނީ ދިވެހި އަމިއްލަ އުފެއްދުންތައް އެކަނި ކަމަށް ބީސީސީން ވިދާޅުވެއެވެ. ދިވެހި އުފެއްދުމެއްގެ ގޮތުގައި ބެލުމަށް ހަމަޖެހިފައިވަނީ އެ އުފައްދާ ބާވަތެއްގެ 30 އިންސައްތައަކީ ސީދާ ރާއްޖޭގައި ކުރެވޭ މަސައްކަތްތަކަކަށް ވާނަމަ އެކަނި ކަމަށް ބީސީސީން ވިދާޅުވެއެވެ.


ކިއޮސްކަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެސްއެމްއީހަބުގެ 2ވަނަ ފަންގިފިލާ ބަލާލުމުގެ ފުރުޞަތު މިމަހުގެ 16، 17، އަދި 18 ވަނަ ދުވަހުގެ މެންދުރު 13:00 އިން ފެށިގެން 17:00އަށް ހުޅުވާލާނެ ކަމަށް ބީސީސީން ވިދާޅުވެއެވެ.

އެސްއެމްއީ ހަބުގެ ދެވަނަ ފަންގިފިލާއިން ދޫކުރާ ކިއޮސްކް ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުގެ ޝަރުތުތައް :
– ދިވެހި ރައްޔިތެއްކަމުގައިވުން
– 18 އަހަރު ފުރިފައިވުން
– ދިވެހިރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ވިޔަފާރިތަކުގެ ގިންތިކުރާ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ އެންމެ ކުދި ނުވަތަ ކުދި ގިންތީގެ ވިޔަފާރިއަކަށްވުން
– އެސްއެމްއީ ހަބްގެ ފުރަތަމަ ފަންގިފިލާއިން ކިއޮސްކެއް ހިންގަމުންދާ ފަރާތެއްކަމުގައި ނުވުން

މި ކިއޮސްކުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ފަރާތްތައް ދަފްތަރުކުރެވޭނެކަމަށް ބީ.ސީ.ސީއިން ވިދާޅުވެއެވެ. އަދި އެއް ކިއޮސްކަކަށް، އެއް ފަރާތައްވުރެ ގިނަ ފަރާތުން ކުރިމަތިލާފައިވާނަމަ ކިއޮސްކް ދޫކުރާނީ ކުރިމަތިލީ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެން ކަމަށް ބީސީސީން ވިދާޅުވެއެވެ. ކިއޮސްކަށް އެދި ފޯމް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ 22 މެއި 2023 ވާ ހޯމަދުވަހެވެ.
އެސްއެމްއީ ހަބުގެ ދެވަނަ ފަންގިފިލާ ހުޅުވާއިރު އެތަނުގައި މިނީ ސިނަމާއަކާއި، ސެލޫނާއި، ކުރެހުންތެރިންނަށް ޚާއްޞަ އާރޓް ގެލަރީއެއްގެ އިތުރުން ގޭމިން އޭރިއާއަކާއި އަދި ސްޓެމް އެޑިއުކޭޝަނަށް ޚާއްސަ ސަރަހައްދެއް ހުންނާނެކަމަށް ބީސީސީން ވިދާޅުވިއެވެ.
އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވާ އެފަދަ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ބީ.ސީ.ސީއިން "އެސްއެމްއީ ހަބް"ގެ ނަމުގައި ޗާނދަނީ މަގު އެލައިޑް ބިލްޑިންގގައި ކޮމަރޝަލް ހަބެއް ތަރައްޤީކޮށް ހުޅުވާފައިވަނީ 15 ޑިސެމްބަރ 2022ގައެވެ. އެސްއެމްއީ ހަބުގެ ތިރީ ފަންގިފިލާ އާއި ފުރަތަމަ ފަންގިފިލާގައި މިހާރުވެސް އެކި ވިޔަފާރިތަކުން ދަނީ ޚިދުމަތް ދެމުންނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *