logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024
ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު

11 އަހަރު ފަހުން ފުރަތަމަ ފަހަރަށް ސީރިޔާ އަރަބި ލީގުގެ ބައްދަލުވުމަކަށް

ދިހަ އަހަރު ފަހުން ފުރަތަމަ ފަހަރަށް ސީރިޔާއިން އަރަބި ލީގުގެ ބައްދަލުވުމެއްގައި ބައިވެރިވެއްޖެއެވެ. ސިރިޔާއިން ބައިވެރިވީ ހުކުރު ދުވަހު ބާއްވާ އަރަބް ލީގުގެ ސަމިޓްއަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ސެޝަންގައެވެ. އެ ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ސައުދީ އަރަބިއްޔާގައެވެ.

"އަޅުގަނޑު، މި ފުރުސަތުގައި ސީރިއަން އަރަބް ރިޕަބްލިކް އަށް ލީގު އޮފް އަރަބް ސްޓޭޓްސް އަށް މަރުހަބާ ކިޔަން،" ސައުދީގެ ދައުލަތުގެ ޓީވީ ޗެނަލް އަލް އެހްބަރިޔާ އިން ލައިވްކުރި މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައުދީގެ ފިނޭންސް މިނިސްޓަރު މުހައްމަދު އަލް ޖަދާން ވިދާޅުވިއެވެ.

އަރަބި ލީގުން ސީރިޔާ ސަސްޕެންޑް ކުރީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތައް ހުއްޓުވަން އެޅި ހަރުކަށި ފިޔަވަޅުތަކާއި ގުޅިގެންނެވެ. އެ މުޒާހަރާތަކުގައި ފަސް ލައްކައަށް ވުރެ ގިނަ މީހުން މަރުވެ އެތައް މިލިއަން ބަޔަކު ގެދޮރު ގެއްލުނެވެ.

ސިރިޔާ އިން އަލުން އަރަބި ލީގާއި ގުޅުނީ މި މަހުގެ ކުރީކޮޅުއެވެ.

ސައުދީ ރަސްގެފާނު ސަލްމާން ވަނީ، ހުކުރު ދުވަހު ރެޑް ސީގެ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ޖިއްދާގައި ބާއްވާ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އަސަދަށް ދައުވަތު ދެއްވާފައެވެ.

މިއަހަރުގެ ފަހުކޮޅު ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ.ގެ މޫސުމީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ސީރިޔާ އަށް ވަނީ ލިބިފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *