logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024

އީދު ބަންދުގައިވެސް ބޭންކްގެ ހިދުމަތް ލިބޭނެ

ބޮޑު އީދާ ގުޅިގެން އަންނަ މަހުގެ 25 އިން 29 އަށް ސަރުކާރު ބަންދު ނަމަވެސް، އެ މަހުގެ 26 ވާ ހޯމަ ދުވަހު ބޭންކިން ހިދުމަތްތައް ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްްއެމްއޭ) އިން މިއަދު ބުނެފި އެވެ.

އެމްއެމްއޭ އިން މިއަދު ނެރުނު އިއުލާންއެއްގައި ބުނީ، ބޭންކިން ހިދުމަތް ދެމުންދާނީ މިހާރެކޭ ވެސް އެއްގޮތަށް އެޕޮއިންޓްމަންޓް އުސޫލުން ކަމަށެވެ.

އަދި އާންމުންނަށް އެ ދުވަހު ބޭންކިން ހިދުމަތުގެ (ފައިސާ ބަލައިގަނެ ދޫކުރުމުގެ ހިދުމަތް) އިތުރުން ސިޓީ އާއި ތަކެތި ބަލައިގަތުމުގެ ހިދުމަތްތައް ދޭނީ ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށެވެ.

މިއަހަރުގެ ހައްޖު ދުވަސް ދިމާވަނީ 27 ޖޫން ވާ އަންގާރަ ދުވަހަށްކަމުން، ސަރުކާރުން ވަނީ ޖޫން މަހުގެ 25-26 އަކީ ވެސް ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅާފައެވެ. އީދު ދުވަހަކީ ޖޫން 28 ވަނަ ދުވަހެވެ.

އެހެންކަމުން ގާނޫނީ ގޮތުން ބަލާއިރު، ސަރުކާރު ބަންދު ދުވަސްތައް ފަސް ދުވަހަށް ވުރެ އިތުރުވިޔަސް ބޭންކްތައް ފަސް ދުވަހަށްވުރެ އިތުރަކަށް ބަންދުކޮށްފައި ނުބެހެއްޓޭނެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ