logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024
ފޮޓޯ: މިފްކޯ

މަސް ގަނޑުކުރާ ކެޕޭސިޓީ 80 މެޓްރިކް ޓަނުން 290 މެޓްރިކް ޓަނަށް އިތުރުވެއްޖެ: އަމީރު

މިފްކޯގެ މަސް ގަނޑުކުރެވޭ ކެޕޭސިޓީ 2018 ގައި ހުރީ އެންމެ 80 މެޓްރިކް ޓަނުގައި ކަމަށާއި މިހާރު މަސް ގަނޑުކުރެވޭ ކެޕޭސިޓީ 290 މެޓްރިކް ޓަނަށް އިތުރުކުރެވިފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިފްކޯގެ ޖަރީރާ 103 ބޯޓު އޮޕަރޭޝަނަށް ގެނައުމަށް ފަރެސްމާތޮޑާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ މިފްކޯގެ އުޅަނދުތަކުގައި މަސް ރައްކާކުރެވޭ ކެޕޭސިޓީއަށް އައިސްފައިވާ ކުރިއެރުންތައް އަދަދު ތަކުން ތަފްސީލުކުރައްވާފައެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު އަމީރު ވިދާޅުވީ މި ސަރުކާރުން ވެރިކަމާއި ހަވާލުވިފަހުން މިފްކޯގެ މަސް ރައްކާކުރާ ކެޕޭސިޓީ 1727 ޓަނުން 5027 ޓަނަށް އިތުރުކުރެވިފައިވާކަމަށެވެ.

"މި ޖަޒީރާ 103 އާއިއެކު މިފްކޯގެ އުޅަނދުތަކުގެ މަސް ރައްކާކުރެވޭ ކެޕޭސިޓީ މިވަނީ ޖުމްލަ 5027 މެޓްރިކް ޓަނަށް އަރާފައި. އިތުރު 3 އުޅަނދު މިއަހަރުގެ 4 ވަނަ ކުއާޓަރގެ ކުރީކޮޅު ރާއްޖެ ގެނެސް އޮޕަރޭޝަނަލައިޒް ކުރުމުގެ މަސައްކަތް މިހާރުވެސް އެދަނީ ކުރަމުން. މިއާއިއެކު މިފްކޯގެ އުޅަނދުތަކުގެ ކެޕޭސިޓީ 860 މެޓްރިކް ޓަނުން އިތުރުވެ ޖުމްލަ 5887 މެޓްރިކް ޓަނަށް އިރުވެގެންދާނެ. ވީމާ މި 5 އަހަރުގެ ތެރޭގައި މަސް ގަތުމުގެ ކެޕޭސިޓީ މި އިތުރުވަނީ އޭގެ ކުރީގެ ހުރިހައި އަހަރުތަކެއްގައި ކެޕޭސިޓީ އުފެއްދުނު އަދަދާއި ނުބައްދަލްކޮށް 2018 ވަނަ އަހަރު ނިމުނުއިރު ހުރި ކެޕޭސިޓީއާއި އަޅާބަލާއިރު މިހާރު މިވަނީ ގާތްގަނޑަކަށް 241 އިންސައްތައިން ކުރިއަރާފައި." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އިތުރު 3 އުޅަނދު މިއަހަރުގެ 4 ވަނަ ކުއާޓަރުގެ ކުރީކޮޅު ރާއްޖެ ގެނެސް އޮޕަރޭޝަނަލައިޒް ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާކަމުގައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *