logo minivan

English

ހުކުރު, 27 ޑިސެމްބަރ 2024

ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރަން ހެލްތު ސްކްރީނިން ޕްރޮގްރާމެއް ބާއްވަނީ

ހުޅުމާލޭގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހެލްތު ސްކްރީނިން ޕްރޮގްރާމެއް ބާއްވަން އާބަންކޯ އިން ނިންމައިފި އެވެ.

އާބަންކޯއިން ބުނީ މިއަދުގެ ޕްރޮގްރާމު ކުރިއަށްދާނީ ހަވީރު 4:00 އިން އިރުއޮއްސި 6:00 އާ ހަމައަށް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ރުއްގަނޑު އެކެއް އަދި ރުއްގަނޑު ތިނެއް ސަރަހައްދުގައި ކަމަށެވެ.

މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ރާއްޖޭގައި އާންމުކޮށް ފެންނަ ގައިން ގަޔަށް ނާރާ ބަލިތަކަށެވެ. އެގޮތުން ރުށްގަނޑު 1 ސަރަހައްދުގައި ހުޅުމާލެ ހޮސްޕިޓަލުގެ ފަރާރުން ބަލަމުންދާނީ ހިތުގެ ބަލިތަކުގެ ހިރާސްތަކެވެ. އަދި މި ތިން ސަރަހައްދުގައި މިފަދަ ބަލިތަކުގެ ހިރާސް ދެނެގަތުމަށް ހަކުރު ޓެސްޓާއި، ބީޕީ އަދި ބީއެމްއައި ބަލައި، މިކަންކަމާ ގުޅުންހުރި މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އާބަންކޯ އިން ބުނީ މިފަދަ ޕްރޮގްރާންތައް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ބަޔަކަށް ހެދުމަށާއި މިކަންކަމަށް އާންމުން އަހުލުވެރިކުރުވުން ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *