logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024

ހަތަރު މީހުން ސައިކަލަށް އަރުވައިގެން ދުއްވަމުންދިޔަ މީހަކު ފުލުހުން ހިފަހައްޓައިފި

މަޖީދީ މަގުގައި ހަތަރު މީހުން ސައިކަލަށް އަރުވައިގެން ދުއްވަމުންދިޔަ މީހަކު ފުލުހުން ހިފަހައްޓައިފި އެވެ.

މިއަދު މާލޭގެ މަގެއްގެ މަތީގައި ހަތަރު މީހުން އަރުވައިގެން ސައިކަލެއް ދުއްވަމުންދިޔަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުގައި ސައިކަލުގައި ތިބީ ބިދޭސީން ތަކެކެވެ. ދުއްވަން އިން ބިދޭސީ ފިރިހެން މީހާގެ ކުރީގައި ކުއްޖަކު އިންއިރު، އޭނާގެ ފަހަތުގައި އިން އަންހެން މީހާގެ އުންގުގައި ވެސް ކުއްޖަކު އިނެވެ.

އެގޮތުން، މަގުމަތީގައި ހަރަކާތްތެރިވަމުންދާ ޓްރެފިކް ފުލުހުން ވަނީ އެ ހަތަރު މީހުން ހުއްުޓުވައިފައެވެ.

ފުލުހުން "މިނިވަން" އަށް މައުލޫމާތު ދިން ގޮތުގައި މިހާރު ވަނީ ސައިކަލު ދުއްވަން އިން ބިދޭސީ މީހާއާ މެދު ޓްރެފިކް ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާފައެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *