logo minivan

English

އަންގާރަ, 16 އޭޕްރިލް 2024

އަޔުޝްމަން ކުރާނާގެ ބައްޕަ މަރުވެއްޖެ

މަޝްހޫރު އެކްޓަރު/ލަވަކިޔުންތެރިޔާ އަޔުޝްމަން ކުރާނާގެ ބައްޕަ މަރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޕަންޑިތް ޕީ ކުރާނާ މަރުވީ މިއަދު ހެނދުނު 10:30 ހާއިރު، އިންޑިއާގެ އަވަށެއް ކަމަށްވާ މޮހާލީގައި ހުންނަ ފޯޓިސް ހޮސްޕިޓަލުގައި ހިތުގެ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

ދެބެން ކަމަށްވާ އަޔޫޝްމާން އާއި އަޕަރޝަކްތީ ސޯޝަލް މީޑިއާގައި އާންމުކުރި ތަސްވީރުތަކުން ފެނިގެންދަނީ ބައްޕައާ ގާތް ގުޅުމެއް އޮންނަ ކަމަށެވެ.

މިއަދު ހަވީރު ވަނީ އޭނާގެ ހަށިގަނޑު އަންދާލުމުގެ އެންމެފަހު މަރުހަލާ ޗަންދީގަރުގެ މަނިމާޖްރާ އަންދާލާ ސަރަހައްދުގައި ކުރިޔަށް ގެންގޮސްފައެވެ.

ޕަންޑިތު ޕީ މަޝްހޫރުވެފައިވަނީ ފަލަކީ ދާއިރާގެ ތަޖުރިބާ ކާރެއްގެ ގޮތުގައެވެ. އޭނާ ވަނީ އެ މައުޟޫއާ ބެހޭ ގިނަ ފޮތްތަކެއް ވެސް ލިޔެފައެވެ. އަދި އޭނާގެ އިލްމުގެ ސަބަބުން ފަލަކީ މުޖުތަމައުގެ ތެރޭގައި އޭނާއަށް އިންތިހާއަށް ވަނީ އިހްތިރާމް ލިބިފައެވެ.

އަޔުޝްމަން ކުރާނާ އަކީ އިންޑިއާގައި ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ އެކްޓަރެއް އަދި ލަވަކިޔުންތެރިއެކެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ މިއަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ "ޑްރީމް ގާލް 2″ އިންނެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *