logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024

މިއަހަރުގެ ފުރަތަމަ ތިން މަހު މަސްތުވާތަކެތީގެ 1154 މައްސަލަ

މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ތެރޭގައި މަސްތުވާތަކެތީގެ 1154 މައްސަލަ ރިޕޯޓްކޮށްްފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން މިއަދު ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ވޭތުވެދިޔަ ތިންމަސް ތެރޭގައި އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި އެންމެ ގިނައީ ކެނަބިސްއެވެ.

އެގޮތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ މަސްތުވާތަކެތީގެ 69 މައްސަލައެއްގެ ތަހުގީގު ނިންމުމަށްފަހު ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު، މަސްތުވާތަކެތީގެ މައްސަލަތަކުގެ ތެރެއިން 461 މައްސަލަ ލޮޖުކޮށްފައިވެއެވެ. މީގެ އިތުރަށް 77 މައްސަލަ ނިންމައި ފައިލްކޮށްފައިވާއިރު، އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި 331 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މަސްތުވާތަކެތީގެ ތެރޭގައި، 8896 ގްރާމްގެ ކެނަބިސް އަތުލައިގަނެފައިވާއިރު، 3063 ގްރާމްގެ ކޮކެއިން ވަނީ އަތުލައިގެންފައެވެ. އަދި 2151 ގްރާމްގެ ހެރޮއިންގެ އަތުލައިގެންފައިވާއިރު، މީގެއިތުރުން މަސްތުވާތަކެތީގެ އެހެނިހެން ބާވަތްތަކުގެ ގޮތުގައި ބޭނުންކުރާ 2183 ގްރާމްގެ ތަކެތި ވަނީ އަތުލައިގެންފައިވެއެވެ.

މަސްތުވާތަކެތީގެ އެންމެ ގިނަ މައްސަލަތަށް ހުށަހަޅާފައި ވަނީ، މާލެ ސިޓީއިންނެވެ. އެގޮތުން 268 މައްސަލައެއް މާލެ އިން ވަނީ ހުށައަޅާފައެވެ. ކުޅުދުއްފުށީ ސިޓީން 19 މައްސަލަ ހުށަހަޅާފައިވާއިރު، އައްޑޫ ސިޓީން މަސްތުވާތަކެތީގެ 18 މައްސަލަ ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީން 17 މައްސަލައެއް ހުށައަޅާފައިވެއެވެ.

ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރުމާއި ވިއްކާ ވިޔަފާރި ކުރުމާއި، އަދި ރާއްޖެއަށް މަސްތުވާ ތަކެތި އެތެރެކޮށް ހެދުމުގެ މައްސަލަތަށް މިހާރުދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ކަނޑު އަޑީގައި ފޮރުވާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާ ތަކެތި ފުލުހުން ވަނީ ހޯދާފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *