logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024

މަސްތުވާތަކެތީގެ މައްްސަލައެއްގައި ދާންދޫ ޕޮލިސް ސްޓޭޝަނުގައި ބަންދުކޮށްފައި ހުރި މީހަކު ފިލައިފި

މަސްތުވާތަކެތީގެ  މައްސަލައެއްގައި ގއ. ދާންދޫ  ޕޮލިސް  ސްޓޭޝަނުން ބަންދުކޮށްފައި ހުރި މީހަކު ފިލައިފިއެވެ.

ފުލުހުން ބުނީ، މަސްތުވާތަކެތީގެ މައްސަލައެއްގައި ދާންދޫ ޕޮސިލް ސްޓޭޝަނަށް ހާޒިރުކޮށްފައި ހުރި މީހަކު ރޭ 12:30 ހާއިރު ފިލާފައިވާތީ އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންގެންދާ ކަމުގައެވެ.

އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ މަސްތުވާތަކެއްޗާ ވެސް އެކުގައެވެ.

ދާންދޫ  ކައުންސިލުން  ބުނިގޮތުގައި  މިއީ  އެމީހާ  މިގޮތަށް  ފިލާފައިވާ  ތިން  ވަނަ  ފަހަރެވެ.

އެމީހާ އަކީ ވައްކަމާއި މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތަކުގައި މީގެ ކުރިން ވެސް އެތައް ފަހަރަކު ތުހުމަތުކުރެވި އަދި ބަންދު ވެސް ކުރެވިފައިވާ މީހެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *