logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
ފޮޓޯ: ދާންދޫ ކައުންސިލް

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ދާންދޫ އިން ފިލި މީހާ ހޯދައިފި

ފުލުހުންގެ ބަންދުގައި ހުއްޓައި ގއ. ދާންދޫ އިން ފިލި މީހާ ހޯދައިފިއެވެ.

ފުލުހުން ބުނީ ދާންދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި އެ މީހާ ފިލި ކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 12:57 ގައި ކަމަށެވެ.

އެމީހާ އަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ހުރި 49 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ މަސްތުވާތަކެއްޗާ ވެސް އެކުގައެވެ.

ފިލި މީހާ އަތުލައިގަނެގެން ގެންދަނީ —

ދާންދޫ ކައުންސިލްއިން ބުނިގޮތުގައި އޭނާ ފެނިފައިވަނީ އޮޑިހަރުގެއެއް ތެރޭގައި ބަންނަމުންދިޔަ ދޯންޏެއްގެ ތެރޭގައި ފިލާ އޮއްވަ އެވެ.

ދާންދޫ  ކައުންސިލުން  ބުނިގޮތުގައި  މިއީ  އެމީހާ  ބަންދުކުރުމުން ފިލާފައިވާ  ތިން ވަނަ  ފަހަރެވެ.

އެމީހާ އަކީ ވައްކަމާއި މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތަކުގައި މީގެ ކުރިން ވެސް އެތައް ފަހަރަކު ތުހުމަތުކުރެވި އަދި ބަންދު ވެސް ކުރެވިފައިވާ މީހެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ