logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ހުޅުމާލޭގައި ރޭ ފުލުހަކަށް ހަމަލާދިން މީހުންގެ ބަންދަށް މުއްދަތު ޖަހައިފި

ރޭ ހުޅުމާލޭގައި ގްރޫޕަކުން ފުލުހަކަށް ހަމަލާދިން މައްސަލައިގާ ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ އޭގެ ތެރެއިން، 21 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް، 33 އަހަރުގެ މީހާގެ ބަންދަށް 5 ދުވަސް، އަދި 42 އަހަރުގެ މީހާ އާއި 44 އަހަރުގެ މިހާގެ ބަންދަށް 7 ދުވަސް، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން މިއަދު ދީފައިވާ ކަމަށެވެ.

ރޭ ގްރޫޕަކުން ހުޅުމާލޭގައި ފުލުހެއް ގައިގައި ތަޅައި މާރާމާރީ ހިންގާފައިވާ ކަމަށާއި، އެ މާރާމާރީގައި އަނިޔާވި ފުލުސް މީހާ އަށް  ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމައްސަލާގައި ހަތަރު މީހުން ހައްޔަރު ކުރީ ރޭގައެވެ. މިމައްސަލައާ ގުޅިގެން އެކަކު ހޯދަމުންދާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

އެނގިފައިވާ ގޮތުގައި ހަމަލާ ދީފައި ވަނީ އެވަގުތު ކުލަ ހެދުމުގައި މަގުމަތީގައި ހުރި ފުލުހަކަށެވެ. އަނިޔާވި ފުލުސް މިހާއަށް ފަރުވާ ދިނުމަށް ފަހު ރޭގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ