logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ރަޝިޔާއިން ފޮނުވާލި 36 ޑްރޯން ޔޫކްރޭންގެ އަސްކަރިއްޔާއިން ވައްޓާލައިފި

ރަޝިޔާއިން ފޮނުވާލި 36 ޑްރޯން ކާމިޔާބުކަމާއެކު ވައްޓާލާފައިވާކަމަށް ޔޫކްރޭންގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އެ ޑްރޯންތަކަކީ މުހިންމު އުމްރާނީ ވަސީލަތްތަކާއި އަސްކަރީ ވަސީލަތްތަކަށް އަމާޒުކޮށް ދިން ހަމަލާތަކުގެ ތެރޭގައި ހިމެނޭ ޑްރޯންތަކެކެވެ.

ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވަނީ އެއްވެސް ޑްރޯންއެއް އެ މީހުންގެ އަމާޒަށް ވާސިލްވިޔަ ނުދިނުމަށް ވައިގެ ދިފާއީ ބާރުތަކުން ކުރަމުންދާ މަސައްކަތަށް ތައުރީފް ކުރައްވާފައެވެ. އޮކްޓޫބަރު މަހުން ފެށިގެން ރަޝިޔާއިން އަންނަނީ ޔޫކްރެއިންއަށް ހަމަލާދިނުމަށް ޑްރޯން ފޮނުވަމުންނެވެ.

ޔޫކްރެއިންގެ ވައިގެ އަސްކަރިއްޔާއިން ބުނީ ދުޝްމަނުންގެ ވިސްނުން ހުރީ އެ ގައުމުގެ ހުޅަނގުގެ ސަރަހައްދުތަކުގައި ހުރި މުހިންމު އުމްރާނީ ވަސީލަތްތަކާއި އަސްކަރީ ތަންތަނަށް އަމާޒުކޮށްގެން ކަމަށެވެ. ވެރިރަށް ކީވްއަށް ވެސް މި މަހުގެ ތެރޭގައި އެތައް ފަހަރެއްގެ މަތިން ޑްރޯންގެ ހަމަލާތައް ވަނީ އަމާޒުވެފައެވެ. ޔޫކްރެއިންގެ ދެކުނު އަދި ހުޅަނގުގެ ސަރަޙައްދީ އަދި އަސްކަރީ އިދާރާތަކުން ވަނީ ޑްރޯންތައް ކާމިޔާބުކަމާއެކު ވައްޓާލާފައިވާކަމަށް ރިޕޯޓްކޮށްފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *