ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަލްއުސްތާޛު އަހްމަދު ހައިލަމް ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.
ހައިލަމް ޖޭޕީއަށް ސޮއިކުރެއްވުމަށްފަހު ފޯމާ ހަވާލުވެވަޑައިގެންނެވީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެވެ.
އޭނާ ޖޭޕީ އާއި ގުޅިވަޑައިގެންވުމުން ގާސިމް ވަނީ އޭނާ އަށް މަރުހަބާ އާއި ޝުކުރު އަދާ ކޮށްފައެވެ. އިތުރުން ގާސިމް ވިދާޅުވީ ހައިލަމް ސިޔާސީ މައިދާނާ ގުޅިވަޑައިގެން ޖުމްހޫރީ ޕާޓީ އިހްތިޔާރު ކުރެއްވިކަމީ، ލިބުނު ނުހަނު ބޮޑު އުފަލެކަމަށެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޙައިލަމް @AhmedHailam ސިޔާސީ މައިދާނާ ގުޅިވަޑައިގެން ޖުމްހޫރީ ޕާޓީ އިޚްތިޔާރު ކުރެއްވިކަމީ، އަޅުގަނޑަށް ލިބުނު ނުހަނު ބޮޑު އުފަލެކެވެ. ހައިލަމް އަށް މަރުހަބާއާއި ޝުކުރުދަންނަވަމެވެ. pic.twitter.com/bPxgibn7lx
— Qasim Ibrahim (@qasimibrahim) May 25, 2023
ކުރިން ކްރިމިނަލް ކޯޓްގެ އިސް ފަނޑިޔާރަކަށް ހުންނަވައި މަގާމުން ހައިލަމް އިސްތިއުފާ ދެއްވަން ނިންމަވައި އެކަން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އަށް އެންގެވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތިނެއްގައެވެ. ހައިލަމް އިސްތިއުފާ ދެއްވީ އެއަހަރުގެ ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެގޮތުން ރައީސް ސޯލިހު ކަރުގައި ޗޭނު ޖަހާފައިވާ ކުރެހުމެއް ވައިބަރ ގުރޫޕަކަށް ޕޯސްޓު ކުރުމާ ގުޅިގެން އޭނާ މަގާމުން ވަކިކުރަން ނިންމާފައި ވަނިކޮށެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ހައިލަމްގެ ގުޅުމަކީ މަސްއޮޑިއާއި ކުޑަ ހެންވާރު ފަދަ އެތަކެއް ގްރޫޕެއް އެއްފަހަރާ ގުޅުންފަދަ މުހިންމު ގުޅުމެކެވެ.