logo minivan

English

ބުރާސްފަތި, 25 އޭޕްރިލް 2024

ކްރިިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ހައިލަމް ޖޭޕީއަށް ސޮއިކޮށްފި

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަލްއުސްތާޛު އަހްމަދު ހައިލަމް ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.

ހައިލަމް ޖޭޕީއަށް ސޮއިކުރެއްވުމަށްފަހު ފޯމާ ހަވާލުވެވަޑައިގެންނެވީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެވެ.

އޭނާ ޖޭޕީ އާއި ގުޅިވަޑައިގެންވުމުން ގާސިމް ވަނީ އޭނާ އަށް މަރުހަބާ އާއި ޝުކުރު އަދާ ކޮށްފައެވެ. އިތުރުން ގާސިމް ވިދާޅުވީ ހައިލަމް ސިޔާސީ މައިދާނާ ގުޅިވަޑައިގެން ޖުމްހޫރީ ޕާޓީ އިހްތިޔާރު ކުރެއްވިކަމީ، ލިބުނު ނުހަނު ބޮޑު އުފަލެކަމަށެވެ.

ކުރިން ކްރިމިނަލް ކޯޓްގެ އިސް ފަނޑިޔާރަކަށް ހުންނަވައި މަގާމުން ހައިލަމް އިސްތިއުފާ ދެއްވަން ނިންމަވައި އެކަން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އަށް އެންގެވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތިނެއްގައެވެ. ހައިލަމް އިސްތިއުފާ ދެއްވީ އެއަހަރުގެ ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެގޮތުން ރައީސް ސޯލިހު ކަރުގައި ޗޭނު ޖަހާފައިވާ ކުރެހުމެއް ވައިބަރ ގުރޫޕަކަށް ޕޯސްޓު ކުރުމާ ގުޅިގެން އޭނާ މަގާމުން ވަކިކުރަން ނިންމާފައި ވަނިކޮށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ހައިލަމްގެ ގުޅުމަކީ މަސްއޮޑިއާއި ކުޑަ ހެންވާރު ފަދަ އެތަކެއް ގްރޫޕެއް އެއްފަހަރާ ގުޅުންފަދަ މުހިންމު ގުޅުމެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *