logo minivan

English

ހޮނިހިރު, 20 އޭޕްރިލް 2024

ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅައި މެސެޖުކުރި ގާޒީއެއް ސަސްޕެންޑް ކޮށްފި

ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވާން އެދި ދިޔަ އަންހެނަކަށް ގުޅައި މެސެޖުކޮށް ހެދިކަމަށް ތުހުމަތުކޮށް ހދ. އަތޮޅުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ސަސްޕެންޑްކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް އިސް މެޖިސްޓްރޭޓު އަލީ އާދަމް ގުޅައި މެސެޖުކޮށް ހެދިކަމަށް ތުހުމަތުވާ މައްސަލައެއް ކޮމިޝަނުން ތަހުގީގުކުރަމުންދާ ކަމަށެވެ.

އެމައްސަލައިގެ ތަހްގީގަށް ހޯދިފައިވާ މައުލޫމާތަށް ރިއާތްކޮށް ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން އަލީ އާދަމް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް ވަނީ އަންގާފައެވެ.

ޖޭއެސްސީން ބުނީ މިފަދައިން ނިންމާފައި ވަނީ އެ ކޮމިޝަނުން ބޭއްވި ކުއްލި ޖަލްސާއެއްގައި ކަމަށެވެ.

އަލީ އާދަމް ސަސްޕެންޑްކުރި އިރު، އަންހެން މީހާ އަށް ގުޅައި މެސެޖްކުރި މައްސަލާގައި ބަޔަކު އޭނަ އަށް މިދިޔަ އަންގާރަ ދުވަހު މަރުގެ އިންޒާރު ވެސް ވަނީ  ދީފައިވެ އެވެ. އަދި އެ މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *