logo minivan

English

ހޮނިހިރު, 20 އޭޕްރިލް 2024

ކުރެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމާލައިފި

ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ.

މި މަސައްކަތުގެ ދަށުން އެމްޓީސީސީން ވަނީ 10,200 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށް ސަރަހައްދަށް އެޅުމާއި، 822 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 361 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތްކޮށްފައެވެ.

މީގެ އިތުރުން 142 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ވެސް އެމްޓީސީސީން ވަނީ ކޮށްފައެވެ.

ހައުސިން މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 44.8 މިލިއަން ރުފިޔާއަށެވެ.

 

ރަށް ގިރުމުގެ މައްސަލައަކީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ކުރިމަތި ވެފައިވާ މައަސަލައެކެވެ. އެމައްސަލައަށް ހައްލެއް ހޯދަން އެކި ސަރުކާރުތަކުން ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެހެން ނަމަވެސް އެކަށީގެންވާ ހައްލެއް ނުލިބޭ ރަށްތައް އަދިވެސް ވަރަށް ގިނައެވެ. އެ މައްސަލަ ހައްލުކުރުމަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކުވެސް ބޮޑު ހަރަދެއްކުރެއެވެ.

އެމްޓީސީސީ އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *