logo minivan

English

ހުކުރު, 19 އޭޕްރިލް 2024
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ފޮޓޯ: ޕީޓީއައި

ސަރުކާރާއެކު މަޝްވަރާކުރަން ބޭނުންވާ ކަމަށް އިމްރާން ވިދާޅުވެއްޖެ

ސަރުކާރުގެ އޮފިޝަލުންނާ އެކު މަޝްވަރާކުރުމަށް ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އަދި ޕާކިސްތާނު ތަހްރީކޭ އިންސާފް (ޕީޓީއައި) އިމްރާން ހާން އެދިވަޑައިގެންފައެވެ.

ޔޫޓިއުބުން ސްޓްރީމްކުރި ލައިވް "ޓޯކްގައި" އިމްރާން ވަނީ ގައުމު ހަލަބޮލިކަމާ ދިމާލަށް ދާތީ ކަންބޮޑުވުން ފާޅުކުރައްވައި މަޝްވަރާއަށް އެދިވަޑައިގެންފައެވެ. އޭނާ ވިދާޅުވީ މިހާރު އޮތް ހާލަތަކީ ހައްލެއް ނޫން ކަމަށެވެ.

ސިޔާސީ ހަމަނުޖެހުން އިތުރަށް ގޯސްވެފައި ވަނީ ޕާކިސްތާނުގެ އިގްތިސާދީ ބޮޑު ކާރިސާގެ ސަބަބުން އިންފްލޭޝަން ރެކޯޑް މިންވަރަކަށް މައްޗަށް ދިއުމާއި އިގްތިސާދީ ދުވެލި ދަށްވުމާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ފައިސާ ދޫކުރުން ލަސްވެއްޖެނަމަ ބޭރުގެ ދަރަނިތައް ޑިފޯލްޓް ވެދާނެ ކަމުގެ ކަންބޮޑުވުންތަކާ ގުޅިގެންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޕީޓީއައިގެ ތިން ލީޑަރުން ވަނީ ޕާޓީން އިސްތިއުފާ ދެއްވިކަން އިއުލާނު ކުރެއްވާފައެވެ.

ޕާކިސްތާނުގެ ކުރީގެ ފިނޭންސް މިނިސްޓަރު އައްސަދު އުމަރު ވެސް ޕީޓީއައިގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން އިސްތިއުފާ ދެއްވީ އަޑިއާލާ ޖަލުން މިނިވަންވިތާ ކުޑަ އިރުކޮޅެއް ފަހުންނެވެ. އުމަރު މިގޮތަށް ނިންމެވިކަން ހާމަކުރެއްވީ އިސްލާމްއާބާދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އިމްރާން އާއި އޭނާގެ ޕާޓީއަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ ގޮންޖެހުންތަކުގެ އިތުރުން ޕާކިސްތާނަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތައް ވެސް މި ކަންކަމުގެ ސަބަބުން ހާމަވެގެން ދެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *