logo minivan

English

ހުކުރު, 29 މާރޗް 2024

މަނިޕޫރުގައި ސިފައިންނާ ހަނގުރާމަވެރިންނާ ދެމެދު ކުރިމަތިލުންތަކެއް، 40 މަރު

އިންޑިއާގެ މަނިޕޫރު ސްޓޭޓުގައި ސަލާމަތީ ބާރުތަކާ ހަނގުރާމަވެރިންނާ އެކު ހިނގި ކުރިމަތިލުންތަކުގައި އެތައް ހަނގުރާމަވެރިން މަރުވެއްޖެއެވެ.

މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން އެ ސްޓޭޓުގެ މަޝްރަހު ވަނީ ނުތަނަވަސްވެފަ އެވެ. ހަމަނުޖެހުންތަކުގައި ބައިވެރިވީ އެ ސަރަހައްދުގެ ނަސްލުގެ އަގުލަބިއްޔަތު އޮންނަ އާބާދީގެ ޖަމާއަތްތަކާއި މެއިޓެއި މީހުންނެވެ. ހަމަނުޖެހުންތައް ހިނގަން މެދުވެރިވީ މެއިޓެއި މީހުން ހިމެނޭ ގޮތަށް އިގްތިސާދީ ކޯޓާ ބޮޑުކުރަން ހުށަހެޅި ހުށަހެޅުންތަކާ މެދު ހިޔާލު ތަފާތުވުންއުފެދުމުންނެވެ.

މަނިޕޫރުގައި ހިނގި ހަމަނުޖެހުންތަކުގައި އެތައް ބައެއްގެ ފުރާނަ ގެއްލި އެތައް ހާސް ބަޔަކު ވަނީ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައެވެ. ހާލަތުން އަރައިގަތުމަށް އިންޑިއާ ސަރުކާރުން ވަނީ އެގައުމުގެ އިރުއުތުރު ސަރަހައްދުގައި އޮންނަ އެ ސަރަހައްދަށް އެތައް ހާސް ޕެރަމިލިޓަރީ އަދި އަސްކަރިއްޔާގެ ސިފައިން ފޮނުވައިފައެވެ.

ކާފިއު އިއުލާނުކުރީ ސްޓޭޓްގެ ވެރިރަށް އިމްފާލް އާއި ވަށައިގެން ދިރިއުޅޭ މައިތޭއީ ކޮމިއުނިޓީ އާއި އެ ސަރަހައްދުގެ ވަށައިގެން ދިރިއުޅޭ ހިންދޫންނާއި، މައިގަނޑު ގޮތެއްގައި ވަށައިގެންވާ ފަރުބަދަތަކުގައި ދިރިއުޅޭ ކްރިސްޓިއަނުން ކަމަށްވާ ކުކީ ދަރިކޮޅުގެ މީހުންނާ ދެމެދު ހަމަނުޖެހުންތައް އިތުރުވުމާ ގުޅިގެންނެވެ.

ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުގެ މޮބައިލް އިންޓަނެޓްގެ ހިދުމަތް ކެނޑިފައި އޮންނަތާ އެތައް ހަފުތާއެއް ވެއްޖެއެވެ. ބަންގްލަދޭޝް، ޗައިނާ އަދި މިޔަންމާއާ ދެމެދު އޮންނަ އިންޑިއާގެ އިރުއުތުރުގެ ސްޓޭޓްތަކަކީ ތާރީހީ ގޮތުން އެކި ނަސްލުތަކުގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ސްޓޭޓްތަކެކެވެ.

ޗީފް މިނިސްޓަރު އެން ބީރެން ސިންގް ވިދާޅުވީ ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނެއްގައި ހަނގުރާމަވެރިންގެ 40 މީހުން މަރާލާފައިވާ ކަމަށެވެ. މިފަހަކަށް އައިސް ހިނގި ހަމަނުޖެހުންތަކުގައި ދެ ފުލުހަކު ވެސް ވަނީ މަރުވެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހަނގުރާމަވެރިން އާންމުންނާ ދެކޮޅަށް ބޭނުންކުރީ އެމް-16 އާއި އޭކޭ-47 ރައިފަލް ފަދަ ހަތިޔާރުގެ އިތުރުން ސްނައިޕާ ގަންއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *