logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފް ސެންޓަރެއް ހުޅުވައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރޓިލިޓީ ސެންޓަރެއް ހުޅުވައި، އައިވީއެފް ގެ ހިދުމަތްދޭން ފަށައިފިއެވެ.

އެ ހިދުމަތް ފައްޓަވައިދެއްވީ، މިއަދު ހެނދުނު އެ ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެ ރަސްމިއަޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއިން ބޭރުން އައިވީއެފް ހަދަން 3-4 ލައްކައެއްހާ ރުފިޔާ ހަރަދުކުރާ ކަމަށެވެ.  ނަމަވެސް ރާއްޖޭގައި މިފަދަ ސެންޓަރެއް ގާއިމުވުމުގެ ސަބަބުން ރާއްޖެއިން ބޭރަށް ނުގޮސް، ވަޒީފާއިން ވަކިނުވެ ނުވަތަ ނޯޕޭލީވް ނުނަގައި، އަދި ޢާއިލާގެ ކައިރީގައި ހުރެގެން، ފަރުވާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެނިކްފާނު ވިދާޅުވިއެވެ.

މިހާތަނަށް ދިވެހިން އައިވީއެފްގެ ހިދުމަތް ހޯދަމުން އައީ ރާއްޖެއިން ބޭރުން ކަމަށްވާއިރު، އެންމެ ގިނަ މީހުން އައިވީއެފް މެދުވެރިކޮށް ދަރިން ހޯދަން ދަނީ އިންޑިއާ އަދި ސްރީ ލަންކާގެ ހޮސްޕިޓަލްތަކަށެވެ. މި ހިދުމަތަށް ރާއްޖެއިން ބޭރަށް ދާން ޖެހުމުން އައިވީއެފް އަށް ދާ ހަރަދުގެ އިތުރުން ފަރުވާއަށް ގިނަ ދުވަހު ބޭރުގައި ހުރުމާއި ކެއުމަށް ވެސް ބޮޑު ހަރަދެއް ދެއެވެ.

އެގޮތުން މިލިއަނެއްހާ ޑޮލަރު (15.4 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ގާއިމްކުރި ސެންޓަރުން ރާއްޖޭގައި އެ ހިދުމަތް ދެނީ 46،000ރ. އަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ މި ހިދުމަތް ފެށުމަށް 15.4 މިލިއަން ރުފިޔާ ހަރަދުކޮށް، ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުމާއި މުވައްޒަފުން ރާއްޖެއިން ބޭރުން ތަމްރީންކޮށްފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ