logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

ވިނަރެސް ފްލެޓްތަކުން އިވަލުއޭޝަން ފީ އެއް ނަގަނީ

ވިނަރެސް ފްލެޓް ގަންނަ މީހުންގެ އަތުން ފައިނޭންޝަލް އިވެލުއޭޝަން ފީ އެއްގެ ގޮތުގައި 3،000 ރުފިޔާ ނަގަން ނިންމައިފި އެވެ.

ފޯމު ހުށަހެޅި މީހުނަށް ވަނީ އެ ފީ ދައްކަން، މިހާޜު ވަނީ އަންގަން ފަށާފައެވެ.

ފައިނޭންޝަލް އިވެލުއޭޝަން ފީއެއް ނަގަނީ، އެ މަަސައްކަތް އެހެން ބަޔަކާ ހަވާލު ކޮށްގެން ކުރާތީ ކަަމަށް އާބަންކޯ އިން ބުނެފައިވެއެވެ.

ފައިނޭންޝަލް އިވެލުއޭޝަން މަސައްކަތްތައް ކުރަނީ ބޭންކުތަކުންނެވެ.

ވިނަރެސް އިން ފްލެޓަށް ހޮވުނީ މާލޭގައި ރަޖިސްޓްރީނުވެ، ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީއިން 1094 މީހުންނާއި މާލޭގައި ރަޖިސްޓްރީ ވެފައިވާތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީން 267 މީހުންނެވެ. އެ ފަރާތްތަކަށް ދޫކުރާ ފްލެޓްގެ ޖުމްލަ އަދަދު ޔަގީން ވާނީ، ސީލައިފާއި ގުޅީފަޅު އަދި ހިޔާއިން ފްލެޓް ބަދަލު ކުރި ފަރާތްތަކަށް ވިނަރެސް އިން ފްލެޓް ދިނުމަށް ފަހު ބާކީވާ އަދަދެއް އެނގުމުން ކަމަށް އާބަންކޯއިން ބުނެފައި ވެއެވެ.

އާބަންކޯ އިންބުނެފައިވަނީ، ފައިނޭންޝަލް އިވަލުއޭޝަން ހެދުމުން މަހަކު ކުލި ދެއްކުމުގެ ގާބިލްކަން ހުރި މިންވަރު އެނގޭނެ ކަމަށެވެ. ޕްލެޓަށް ހުށަހެޅި މީހުންގެ ތެރެއިން އެ މީހަކަށް ކުލި ދެއްކުމުގެ ގާބިލުކަން ހުރި މިންވަރެއް ބެލުމަށް ފަހުގައި، ވިނަރެސްގެ ޔުނިޓްތައް އެލޮކޭޓް ކަރާނެ ކަމަށް ވެސް އާބަންކޯއިން  ބުނެފައިވެއެވެ.

ވިނަރެސް މަޝްރޫއުގައި ހެދި 13 ބުރީގެ 10 ޓަވަރުގައި ހުރި ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ވިއްކަނީ 2.5 މިލިއަން ރުފިޔާ އާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ