logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

މަޖިލީހަށް ހާޒިރުވެ ޖަބާދެއްވަން ރިއްފަތު ނިންމަވައިފި

ލިޔުމުން ޖަވާބުދާރީވުމުން، މަޖިލީހުގައި ބަހުސްކޮށް އެ ފުރުސަތު ނުލިބުމުން  މަޖިލީހަށް ހާޒިރުވެގެން ޖަވާބުދާރީވުމަށް ނިންމަވައި އެ ފުރުސަތު ހަމަޖައްސައިދިނުމަށް އެދި އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު މަޖިލީހަށް ސިޓީއެއް ފޮނުއްވައިފި އެވެ.

މަޖިލީހަށް ހާޒިރުވެވަޑައިގަތުމުގެ ފުރުސަތަކަށް ރިފްއަތު އެދިވަޑައިގެންފައި މިވަނީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ލިޔުމުން ޖަވާބުދާރީވެވަޑައިގެންފައިވާތީ އެ މައްސަލަ ކުރިއަށް ގެންދިއުމުގެ ކުރިން ސްޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވުމާ ގުޅިގެންނެވެ.

ބުދަދުވަހުގެ ޖަލްސާގައި އެ ޖަވާބު އިއްވާފައިނުވާކަން ފާހަގަކުރައްވަމުން ރިއްފަތު ވިދާޅުވީ، ގާނޫނުއަސާސީގެ ދަށުން ލިބިދޭ އަނގަ ބަހުން ޖަވާބުދާރީވުމުގެ އިހުތިޔާރު ބޭނުންކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އެހެންވެ، އޭނާ ވަނީ އެ މަައްސަލައިގެ ބަހުސް އޮންނަ ދުވަހު އެ އިންތިޒާމްތައް ހަމަޖައްސައިދޭން މަޖިލީހުގައި އެދިވަޑައިގެންފަ އެވެ.

ގާނޫނު އަސާސީ ގައި ބަޔާންކޮށްފައިވާ ފަދަ ހުށަހެޅުމަކާ މެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ފެށުމުގެ 14 ދުވަސް ކުރިން ވަޒީރުންގެ މަޖިލީހުގެ އެ މެންބަރަކަށް އެ ކަން އަންގާންވާނެ ކަމަށެވެ. އަދި އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތްކުރުމުގެ ހައްގު އެ މެންބަރަކަށް ލިބިގެންވާ ކަމަށެވެ. ލިޔުމުން ހުށަހެލޭނީ ކިތާބީ ހެކިކަމަށާއި އަނަގަބަހުން ޖަވާބުދާރީ ވާން ޖެހޭ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވާ ރިފްއަތު އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ލިޔުމުން ޖަވާބުދާރީވެވަޑައިގަތީ އެ މައްސަލާގައި ބައެއް ފަރާތްތަކުން ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ވާހަކަ ދައްކަމުންދާތީ ތަފްސީލީ ގޮތެއްގައި ރައްޔިތުންނަށް ކަމުގެ ހަގީގަތް ހާމަކޮށްދެވޭނީ ލިޔުމުން ޖަވާބުދާރީވެވަޑައިގަންނަވާތީ ކަމަށް ފެނިވަޑައިގަތުމުން ކަމަށެވެ. ނަމަވެސް އިއްޔެގެ ޖަލްސާ ނިމިގެން ދިޔައީ ލިޔުމުން ޖަވާބުދާރީވުމުގެ ހައްގުވެސް ލިބިވަޑައިނުގެންކަން ފާހަގަކުރައްވާފައިވެ އެވެ. އެހެންކަމުން މަޖިލީހުގައި ދެން މިމައްސަލަ ކުރިއަށް ގެންދާ ދުވަހަކުން އަނގަބަހުން ޖަވާބުދާރިވެވަޑައިގަތުމަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *