logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ތިނަދޫ ފަޅުގައި ޕިކްނިކް އައިލެންޑެއް ހަދަނީ

ގދ. ތިނަދޫގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރަން ނިންމައި އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މިކަމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީ އާއި އެމްޓީސީސީއާ ދެމެދު އިއްޔެ ވަނީ ސޮއި ވެސް ކޮށްފަ އެވެ. އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ޝާނާ ފާރޫގެވެ.

ތިނަދޫ ޕިކްނިކް އައިލޭންޑް ހަދަން ހަވާލުކުރީ މަސައްކަތް ފަށާތާ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، 58 މިލިއަން ރުފިޔާއަށެވެ.

ތިނަދޫ އަކީ އާބާދީ ބޮޑު ރަށަކަށް ވާ އިރު އެރަށުގައި މޫދަށް އެރި އުޅެވޭނެ ސަރަހައްދެއް އަދި ބީޗެއް ވެސް ނޯވެއެވެ. އެރަށު ރައްޔިތުން ޕިކްނިކް ދާން ޖެހެނީ، އެއަތޮޅުގެ ފަޅުރަށްރަށަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *