logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024
ރައީސް އައްޑުއަށް ކުރެއްވި ދަތރުފުޅެއްގެ ތެރެއިން

ރައީސް މާދަމާ އައްޑޫ އަށް ވަޑައިގަންނަވަނީ

އައްޑޫގެ ބޮޑެތި މަޝްރޫއުތައް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު މާދަމާ ހަވީރު އައްޑޫ ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މާދަމާ އައްޑު އަށް ވަޑައިގެން ރައީސް އެންމެ ފުރަތަމަ ރަސްމީކޮށް އިފުތިތާހުކޮށް ދެއްވާނީ މި ހަފުތާގައި އަމަލީ މަސައްކަތް ފެށި އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ކަމުގައި ވެއެެވެ.

މާދަމާ ހަވީރު އެ މަޝްރޫއު އިފުތިތާހު ކުރުމަށް ބާއްވާ ރަސްމިއްޔާތު އޮންނާނީ މަރަދޫގަ އެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު އަކީ ރައީސް މިދިޔަ އަހަރުގެ މާޗް އައްޑު އަށް ކުރެއްވި ދަތުރުގައި މާޗް 27، 2022 ގައި ނެދަލޭންޑްސްގެ ކުންފުނި ވެން އޫޑްއާ ހަވާލުކުރި ޕްރޮޖެކްޓެކެވެ.

މާދަމާ ހަވީރު ބިން ހިންކުމުގެ މަޝްރޫއު އިފުތިތާހުކޮށް ދެއްވުމަށް ފަހު، މާދަމާ ރޭ ހިތަދޫ ސިޓީ ސްކެއާގައި ރައީސް އައްޑޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ. 

އަދި ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއާ އެހެެނިހެން މަޝްރޫތައް ވެސް ރައީސް ފަައްޓަވާނެ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ރައީސްގެ މިދަތުރުފުޅަށް ތައްޔާރުވުމަށާއި އެމަނިކުފާނަށް މަރުހަބާ ދެނެނެވުމަށް، އެމްޑީޕީއިން ވަނީ ރައްޔިތުންނަށް ދައުވަތުދީފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *