logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ޑަބްލިއުޑީސީ އޮފީސް ހިންގުމަށް މަހަކު 3 ލައްކައަށްވުރެ ބޮޑުކުއްޔަކަށް އަމިއްލަ ފަރާތެއްގެ އެޕާޓްމަންޓެއް މާލޭ ސިޓީ ކައުންސިލުން ވަނީ ކުއްޔަށްހިފާފައި!

ޑަބްލިޔުޑީސީގެ އޮފީސް ހިންގުކަށް މާލޭ ސިޓީ ކައުންސިލުން އަލިއްލަ ފަރާތެއްގެ އެޕާޓްމެންޓެއް ބޮޑު އަގުގައި ކުއްޔަށް ހިފި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މާލެ ސިޓީކައުންސިލްގެ ބިޑު ކޮމެޓީގެ 2022 ގެ 8 ބަނަ ޖައްސާގެ ނިންމުމުގައިވާގޮތުން 1 އަހަރު ދުވަހުގެ މުއްދަތަށް އަމިއްލަ ފަރާތެއްގެ ގެއަކުން 1 އެޕާޓްމަންޓް މަހަކު 327،218.5ރ (ތިންލައްކަ ހަތާވީސްހާސް ދުއިސައްތަ އަށާރަ ރުފިޔާ ފަންސާސް ލާރި) އަށް ކުއްޔަށް ހިފުމަށްވަނީ ނިންމާފައެވެ.

މިނިވަން އަށް ލިބިފައިވާ އެ ބައްދަލުވުމުގެ ނިންމުމުގެ ކޮޕީއެއްގައިވާގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އޮފީސް ހިންގުމަށް މާލެ ސިޓީ ކައުންސިލުން ބަޖެޓް ކޮށްފައިވަނީ 1 އަހަރު ދުވަހަށް 3،252،977.00ރ (ތިން މިލިއަން ދެލައްކަ ފަންސާސްދެހާސް ނުވަސަތޭކަ ހަތްދިހަހަތެއް) ރުފިޔާއެވެ. ނަމަވެސް އެ އެޕާޓްމަންޓް ކުއްޔަށް ހިފުމަށް ނިންމާފައިވަނީ ބަޖެޓް ކޮށްފައިވާ އަގަށްވުރެ ބޮޑުކޮށް 1 އަހަރުދުވަހަށް 3،926،622ރ (ތިންމިލއަން ނުވަލައްކަ ސައްބީސްހާސް ހަސަތޭކަ ބާވީސް( ރުފިޔާ އަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ސުބްޙާނަﷲ މުއިއްޒު މޮޔަވެފަބާ ހުރީ އެޕާރޓް މަންޓެއް ތިޔަ އަގުގަ ހިފަނީ . މިހާރުން މިހާރަށް އިސްތިއުފާ ދޭން ޖެހޭ ތިޔައީ ތެދެއްކަމަށްވާނަމަ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *